ޚަބަރު

ސްޓެލްކޯއަކީ ބެންްޗްމާކް ކުންފުންޏެއް، އެންމެ އިސްކަމެއްދެނީ މުއައްޒަފުން ތަމްރީންކުރުމަށް - މުޣުނީ


ސްޓެލްކޯއަކީ، މިއަދު ސަރުކާރު ކުންފުނިތަކުގެ ތެރޭގައި ބެންޗްމާކް ކުންފުންޏަކަށް ވެފައިވާއިރު، ކުންފުނީގެ ފެންވަރު ރަނގަޅުކުރުމަކީ މެނޭޖްމެންޓް އެންމެ އިސްކަމެއް ދޭ ކަންކަމަށް ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރ ހަސަން މުޣުނީ ވިދާޅުވެއްޖެއެވެ.

ސްޓެލްކޯގެ ފްރޮންޓް ލައިން ސްޓާފުންނަށް ކުރިއަށް ގެންދިޔަ ކަސްޓަމަރ ކެއަރ ޓްރެއިނިންގް ނިމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރ ހަސަން މުޣުނީ ވަނީ، ކުންފުނީގެ ޓެކްނިކަލް ސްޓާފުންނެކޭ އެއްގޮތަށް ކުންފުނީގެ ކަސްޓަމަރ ކެއަރ މުއައްޒަފުންނަކީވެސް އެހާމެ މުހިންމު މުއައްޒަފުންކަމަށް ވިދާޅުވެފައެވެ.

ކުންފުނީގެ މޫނުމަތިކަމުގައިވެ ކަސްޓަމަރުންނާއި ކުރިމަތިލާ ބަޔަކީ މި މުއައްޒަފުންކަން ފާހަގަކުރައްވާ، މުޣުނީ ވަނީ މި މުއައްޒަފުންނަކީ، ކުންފުނީގެ ޚިދުމަތްތަކަށް އަހުލުވެރި ކަސްޓަމަރުންނާއި ޑީލްކުރަން އިނގޭ ބަޔަކަށް ވާންޖެހޭކަމަށެވެ. އެގޮތުން މި މުއައްޒަފުން ތަމްރީންކުރުމަށް މި އަހަރުގެ ތެރޭ ގިނަ މަސައްކަތްތަކެއް ކޮށްފައިވާއިރު، މި އަންނަ އަހަރުތެރޭ ތަޢާރަފްކުރާ އައު ޚިދުމަތްތަކާއިއެކު، މި ތަމްރީނުތަށް އިތުރުކުރަނެކަން ހާމަކުރައްވާފައެވެ.

" ފްރޮންޓް ލައިން ސްޓާފުންނަށްކުންފުންނަކީ މޫނުމަތިކަމުގައިވާއިރު، މިއީ ކަސްޓަމަރުންނާއި ކުރިމަތިލާ ބަޔަކީ. މި ފަރާތްތަށް ތަމްރީނުކުރުމަށް އަޅުގަނޑުމެން ޙާއްސަ އަހަންމިއްޔަތުކަމެއް ދެން. ސްޓެލްކޯއަކީ، މިއަދު ސަރުކާރު ހިއްސާ ކުންފުނިތަކުގެ ތެރޭގައި ބެންޗްމާކް ކުންފުންޏަކަށް ވެފައިވާއިރު، ކުންފުނީގެ ފެންވަރު ރަނގަޅުކުރުމަކީ މެނޭޖްމެންޓް އެންމެ އިސްކަމެއް ދޭ ކަން." މުޣުނީ ވިދާޅުވިއެވެ.

ސްޓެލްކޯއިން ކުރި ޓުއީޓް

ސްޓެލްކޯގެ ފްރޮންޓް ލައިން ސްޓާފުންނަށް ކުރިއަށް ގެންދިޔަ ކަސްޓަމަރ ކެއަރ ޓްރޭނިންގައި 2 ބެޗަކުން 60 މުވައްޒަފުންނަށް ތަމްރީނު ދީފައިވެއެވެ.