ވިޔަފާރި

ހިކި ކަންނެލި މަހުގެ 5 ބާވަތެއް މިފްކޯއިން ތައާރަފްކޮށްފި


ހިކި ކަންނެލި މަސް ބޭނުންކޮށްގެން މިފްކޯއިން ފަސް ބާވަތެއް ރޭ ތައާރަފްކޮށްފިއެވެ.މިބާވަތްތައް ތަޢާރަފް ކޮށްފައިވަނީ ރޭ މިފްކޯ މަސް މިފާހަރައިގައި ޚާއްސަ ޕްރޮމޯޝަނަލް އިވެންޓަކާއެކު ކުރިއަށްދިޔަ ހަފްލާއެއްގައެވެ.މި ފަސް ބާވަތް ތައާރަފްކޮށްފައިވަނީ ރޯދަމަހަށް ޚާއްސަކޮށްގެން ކަމަށް މިފްކޯއިން މައުލޫމާތުދެއެވެ. އެގޮތުން ރޭ ތައާރަފްކުރެވުނު 5 ބާވަތުގެ ތެރޭގައި ބްލެކް އޮލިވްސް، ޕެޕާސް، ބާކިންސް، އާއި ބްލެކް ކިއުނޯން ހިމެނެއެވެ.މި ފަސް ބާވަތުގެ ޚާއްސަ ޕްރޮމޯޝަނެއް ރޭ ކުރިއަށްދިޔައިރު މި ޕްރޮމޯޝަންގައި މިބާވަތްތައް ހަދާނެގޮތާއި ރަހަ ވަނީ އާންމުންނަށް ދައްކާލާފައެވެ.މިފްކޯއިން ބުނީ މިރޭވެސް މިއިވެންޓް ކުރިއަށްދާނެކަމަށާއި މިރޭގެ ޕްރޮމޯޝަންގައި އިތުރު ފަސްބާވަތެއްގެ ތައާރަފްކުރެވޭނެ ކަމަށެވެ.މިފްކޯއިން ބާޒާރަށް ނެރޭ މިފަދަ ބާވަތްތަކަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބެމުންދާކަމަށް މިފްކޯއިން މައުލޫމާތުދެއެވެ.