ޚަބަރު

ތިނަދޫގައި ސަރުކާރުން ޢިމާރާތްކުރި ފްލެޓްތައް ޙައްގުވެރިންނާ ޙަވާލުކޮށްފި


ގދ. ތިނަދޫގައި ސަރުކާރުން ޢިމާރާތްކުރި ފްލެޓްތަށް އޭގެ ހައްގުވެރިންނާ ހަވާލުކޮށްފިއެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ގެދޮރުވެރިކުރުމުގެ ޕްރޮގްރާމްގެ ދަށުން ގދ.ތިނަދޫގައި ޢިމާރާތް ކޮށްފައިވާ ފްލެޓުތައް ލިބިފައިވާ މީހުންނާ ފްލެޓު ހަވާލުކުރުމުގެ މަސައްކަތް ހައުސިންގ މިނިސްޓްރީން ކުރައްވާފައިވާކަން އެމިނިސްޓްރީން ވަނީ ޓުވީޓް މެދުވެރިކޮށް ހާމަކުރަށްވާފައޭވެ.

ފްލެޓު ލިބުނު ފަރާތްތަކާއިއެކު އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް މި ނޮވެމްބަރު މަހު 18 ވަނަ ދުވަހުން ފެށިގެން ނޮވެމްބަރު މަހު 20 ވަނަ ދުވަހާއި ހަމައަށް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ގެދޮރުވެރިކުރުމުގެ މި މަޝްރޫއުގެ ދަށުން ގދ.ތިނަދޫގައި ވަނީ 120 ފްލެޓު އިމާރާތްކޮށްފައެވެ. މީގެ ތެރޭގައި މިމަޝްރޫޢުގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ "އޭ" ކެޓެގަރީގެ 80 ފްލެޓް ހިމެނެއެވެ. "ބީ" ކެޓަގަރީގައި ހިމެނެނީ 25 ފްލެޓެވެ. އަދި "ސީ" ކެޓަގަރީގައި ހިމެނެނީ 15 ފްލެޓްކަމަށް ހައުސިންގ މިނިސްޓްރީއިން މަޢުލޫމާތުދެއްވައެވެ.

ހައުސިންގ މިނިސްޓްރީއިން ކުރި ޓުއީޓް

ރާއްޖޭގެ ބައެއް ރަށްރަށަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދނުމުގެ ގޮތުން މި ސަރުކާރުން ދަނީ ގިނަ މަސއްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ރާއްޖޭގެ އެކި ސަރަަހައްދުތަކުގައި މި ސަރުކާރުން ވިހި ހާސް ހައުސިން ޔުނިޓް ޢިމާރާތްކުރަން ނިންމާފައިވެއެވެ. މިކަމަށް 600 މިލިއަން ރުފިޔާ، އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައިި ވަނީ ކަނޑައަޅުއްވާފައެވެ.