ޚަބަރު

އިމާރާތެއްގެ އެއްވަނަ ފަންގިފިލައިން ވެއްޓި ބިދޭސީއަކަށް އަނިޔާވެއްޖެ


ހެންވޭރުގައި ހަދަމުންދިޔަ އިމާރާތެއްގެ އެއްވަނަ ފަންގިފިލައިން ވެއްޓި ބިދޭސީއަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން ވިދާޅުވީ މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިއަދު ހެނދުނު 11:30 ހާއިރު ކަމަށެވެ. އަދި އެމީހާއަށް އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދެމުންދާކަމަށް ވެސް ފުލުހުން ވިދާޅުވެއެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރުމަށް ހާދިސާ ހިނގި ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.