ވިޔަފާރި

ބޮޑު ޗުއްޓީއާއި ދިމާކޮށް މޯލްޑިވިއަންގެ ދަތުރުތައް އިތުރުކޮށްފި


ބޮޑު ޗުއްޓީއާއި ދިމާކޮށް މޯލްޑިވިއަންއިން މިހާރު ދަތުރުކުރާ ބައެއް މަންޒިލްތަކަށް ފްލައިޓްތައް އިތުރުކޮށްފިއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެމުން މޯލްޑިވިއަންގެ ޕީއާރް އެންޑް ކޮމިއުނިކޭޝަންސް މެނޭޖަރ މޫސާ ވަސީމް ވިދާޅުވީ ބޮޑު ޗުއްޓީއާއެކު މޯލްޑިވިއަންއިން މިހާރު ދަތުރުކުރާ ޑެސްޓިނޭޝަންތަކަށް ފްލައިޓްތައް އިތުރުކޮށް ބައެއް ފްލައިޓްތަކަށް އަގު ހެޔޮ ފެއަރ ތަޢާރަފްކޮށްފައިވާކަމަށެވެ.

މޯލްޑިވިއަންއިން ދަތުރުތައް އިތުރުކުރި މަންޒިލްތަކަކީ މާލެއިން ދަރަވަންދޫ، މާލެއިން ކާނޑެއްދޫ، މާލެއިން އިފުރު، މާލެއިން ހަނިމާދޫ، މާލެއިން ކައްދޫ، މާލެއިން ކޫއްޑޫ އަދި މާލެއިން ގަމަށެވެ.

ބޮޑު ޗުއްޓީއަކީ މާލެއިން ގިނަ ޢަދަދެއްގެ މީހުން ރަށްރަށަށް ފުރާ ދުވަސްކޮޅަކަށް ވުމާއެކު މޯލްޑިވިއަންއިން އަބަދުވެސް މިދުވަސްވަރު ފްލައިޓްތައް އިތުރުކޮށް އަގުހެޔޮ ފެއަރތައް ތަޢާރަފް ކުރެއެވެ.

މޯލްޑިވިއަންއިން ގެންދަނީ ރާއްޖޭގެ 10 އެއަރޕޯޓަކަށާއި، ބައިނަލްއަޤްވާމީ އެއަރޕޯޓުތައް ހިމެނޭހެން 20 މަންޒިލަކަށް ދަތުރުތައް ކުރަމުންނެވެ.