ދީން

ހުޅުމާލޭގައި 1500 މީހުންގެ ޖާގައިގެ މިސްކިތެއް ޢިމާރާތްކުރުމަށް ބަޔަކާއި ހަވާލުކޮށްފި


ހުޅުމާލޭގައި 1500 މީހުންގެ ޖާގައިގެ މިސްކިތެއް ޢިމާރާތްކުރުމަށް ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕަރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފިއެވެ.

ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، އެޗް.ޑީ.ސީގައި ބޭއްވި ޙާއްސަ ރަސްމިއްޔާތެއްގައި، އެކަމުގެ އެއްބަސްވުމައި އެޗް.ޑީ.ސީގެ ފަރާތުން ސޮއިކޮށްފައިވަނީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަޙްމަދެވެ. އަދި ރަޝީދު ކާޕެންޓްރީގެ ފަރާތުން ސޮއިކުރެއްވީ، އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ރަޝީދެވެ.

ހުޅުމާލޭގައި އަލަށް އިމާރާތްކުރާ މި މިސްކިތަކީ ރަޝީދު ކާޕެންޓްރީގެ އަމިއްލަ ހަރަދުގައި ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ މިސްކިތެކެވެ. އަދި މި މިސްކިތް ޢިމާރާތްކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ސެންޓްރަލް ޕާކުގެ ދެކުނު އިރުމަތީ ފަރާތުގައި ހުންނަ ރެޑް ކްރެސެންޓް އޮފީސް އިމާރާތް ފަހަތުގައިކަމަށް އެޑް.ޑީ.ސީއިން މަޢުލޫމާތުދެއެވެ.

1500 މީހުން ޖާގައިގެ މި މިސްކިތް ޢިމާރާތްކުރުމުގެ މަސައްކަތް ރަޝީދު ކާޕެންޓްރީއާއި ހަވާލުކޮށްފައިވަނީ 2 އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.