ސިއްހަތު

ޑެންގީގެ ނުރައްކާ ކުޑަކުރުމަށް ގިނަ މަސައްކަތްތަކެއް


މާލެއާއި އަތޮޅުތެރޭގައި ހަލުވިކަމާއެކު ޑެންގީހުން ދަނީ ފެތުރެމުން، މި ބަލިން އާމުން ރައްކާތެރި ކުރުމަށްޓަކައި ހެލްތް މިނިސްޓްރީން ގިނަމަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.މިމަހުގެ މިހާތަނަށް ޑެންގީ ހުން ޖެހިގެން ރިޕޯޓްކޮށްފައިވާ މީހުންގެ އަދަދަށް ބަލާއިރު މާލެއާއި ހުޅުމާލެއިން 70 މީހުން ރިޕޯޓްކޮށްފައިވާކަމަށް ހެލްތް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.ށ އަތޮޅުން ޑެންގީ ހުން ޖެހިގެން 16 މީހަކު މި މަހު ރިޕޯޓްކޮށްފައިވެއެވެ. ރ އަދި ބ އަތޮޅުން ކޮންމެ އަތޮޅަކުން 15 މީހުން ޑެންގީ ޖެހިގެން ރިޕޯޓްކޮށްފައިވެއެވެ.ޑެންގީ ހުން ޖެހިގެން މިއަހަރުގެ މިހާތަނަށް 384 ކޭސް ރިޕޯޓް ކޮށްފައިވާކަމަށް ހެލްތް މިނިސްޓްރީގެ ތަފާސް ހިސާބުތަކުންދައްކައެވެ. މާލެއިން ޑެންގީ ހުން ޖެހިގެން މިއަހަރު 122 މީހުން ރިޕޯޓްކޮށްފައިވެއެވެ.އަތޮޅުތަކުން މިހާތަނަށް  262 މީހަކަށް ޑެންގީ ހުންޖެހިގެން ރިޕޯޓްކޮށްފައިވާކަމަށް ހެލްތް މިނިސްޓްރީގެ ތަފާސް ހިސާބުތަކުންދައްކައެވެ.މިއަހަރުގެ މިހާތަނަށް ޑެންގީ ހުން ޖެހިގެން 2 މީހަކު މަރުވެފައިވާކަން ޔަގީން ވެފައިވާކަމަށް ހެލްތް މިނިސްޓްރީން މައުލޫމާތުދެއްވައެވެ.މިއަހަރު ޑެންގީ ހުންޖެހިގެން ރިޕޯޓްކޮށްފައިވާ ރަށްތަކަށް ބަލާއިރު މާލެއާއި ހުޅުމާލެއިން 122 މީހުން ރިޕޯޓްކޮށްފައިވެއެވެ. އަދި ރ އަތޮޅުން 53 މީހަކު ޑެންގީ ހުން ޖެހިގެން ރިޕޯޓްކޮށްފައިވާއިރު، ށ އަތޮޅުން 34 މީހަކު ޑެންގީ ހުން ޖެހިގެން ރިޕޯޓްކޮށްފައިވާ ކަމަށްވެސް ހެލްތް މިނިސްޓްރީގެ ތަފާސް ހިސާބުތަކުންދައްކައެވެ.މިދިޔައަހަރުގެ ޖޫން މަހު ޑެންގީ ހުން ޖެހިގެން ރިޕޯޓްކޮށްފައި ވަނީ 93 މީހަކުކަމަށް ހެލްތް މިނިސްޓްރީން މައުލޫމާތުދެއެވެ. މިދިޔަ އަހަރުގެ ޖޫން މަހާއި މިއަހަރުގެ ޖޫން މަހާއި އަޅާބަލާއިރު 59 މީހުން މިއަހަރު ޑެންގީ ޖެހިގެން އިތުރު ވެފައިވެއެވެ.