ޚަބަރު

މާލެ ސަރަޙައްދުގެ ކަރަންޓު އެއްވިއުގައަކުން ގުޅާލުމުގެ މަޝްރުޢުގެ %45 ވަނީ ނިމިފައި - ސްޓެލްކޯ


މާލެއާއި ހުޅުލެއާއި ހުޅުމާލޭގެ ކަރަންޓު އެއް ވިއުގައަކުން ގުޅާލުމުގެ މަޝްރޫޢުގެ ސާޅީސް ފަހެއް އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާކަމަށާ، މި މަޝްރޫޢަކީ ގްރޭޓަރ މާލެ ރީޖަނަށް ކަރަންޓު ފޯރުކޮށްދެވޭނެ ކެޕޭސިޓީއާއި ދުރު ރާސްތާ ޕްލޭންތަކާއެކު ހިންގާ މަޝްރޫޢެއްކަމަށް ސްޓޭޓް އިލެކްޓްރޯނިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)ގެ މެނޭޖިންގް ޑިރެކްޓަރ ހަސަން މުޣުނީ ވިދާޅުވެއްޖެ.

މާލޭގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ސްޓެލްކޯއިން ދަނީ، ކަރަންޓް ދޫކުރުމަށްޓަކައި ސަބް ސްޓޭޝަންތަށް އިތުރުކޮށް، ޑިސްޓްރިބިއުޝަން ސްކާޑާ ޕްރޮޖެކްޓް ފެށުމުގެ މަސައްކަތް ކުރަމުންނެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން، ސްޓޭޓް އިލެކްޓްރޯނިކް ކޮމްޕެނީ ލިމިޓެޑް، ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރ ހަސަން މުޣުނީވަނީ މިދިޔަ ސަރުކާރުން ރައްޔިތުންނަށް ފައިދާވާގޮތަށް ކުރިއަށްގެންދިޔަ އެއްވެސް މަޝްރޫޢެއް ހުއްޓާލާފައި ނުވާނެކަމަށް ވިދާޅުވެފައެވެ.

އެގޮތުން ކުރީގެ ސަރުކާރުން ފެށި ފިފްތް ޕަވަރ ޕްރޮޖެކްޓްގެ މަސައްކަތުގެ ދަށުން ހުޅުމާލެއަށް މިހާރު ކަރަންޓް ފޯރުކޮށްދެމުންދަނީ މި މިމަޝްރޫޢުގެ ތެރެއިންކަމަށް މުޣުނީ ފާހަގަކުރެއްވިއެވެ. މިދިޔަ ސަރުކާރުން ގިނަ މަސައްކަތްތަކެއް މާބޮޑު ޕްލޭންއަކާ ނުލައި ފަށާފައިވާކަން ފާހަގަކުރައްވާ މުޣުނީ ވަނީ، މިކަމުން ދިމާވި މައްސަލަތަށް މި ސަރުކާރަށްވީ 1 އަހަރުގެ ތެރޭގައި ހައްލުކޮށްފައިވާކަމަށެވެ.
މި ސަރުކާރުގައި ސްޓެލްކޯއިން އެންމެ މުހިންމު އެއް މަސައްކަތަކީ މާލެ ، ހުޅުލެ އަދި ހުޅުމާލޭގެ ކަރަންޓު އެއްވިއުގައަކުން ގުޅާލުމުގެ މަޝްރޫޢުކަން މުޣުނީ ފާހަގަކުރެއްވިއެވެ. އެގޮތުން މި މަޝްރޫޢުގެ %45 މަސައްކަތް މިހާރު ނިމިފައިވާކަމަށް ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރ ފާހަގަކުރެއްވިއެވެ.

އެގޮތުން ކޭބަލް ވަޅުލުމައްޓަކައި ކޮނުމުގެ މަސައްކަތާއި މާލެއި ހުޅުމާލޭގެ ސަބްސްޓޭޝަންގެ ކޮންސްޓަރަކްޝަން މަސައްކަތައް ބާރަށް ކުރިއަށްދާއިރު، ހުޅުލޭގެ ސަބްސްޓޭޝަންތަކުގެ ކޮންސްޓްރަކްޝަން މަސައްކަތް މިމަސް ނިމިމުގެ ކުރިން ފެށޭނެކަން މުޣުނީ ފާހަގަކުރެއްވިއެވެ. މި ނިޒާމަކީ ގްރޭޓަރ މާލެ ރީޖަންއަށް މެދުކެނޑުމެއްނެތި ކަރަންޓު ފޯރުކޮށްދެވޭނެ ކެޕޭސިޓީއާއި ދުރު ރާސްތާ ޕްލޭންތަކާއިކު ހިންގާ މަޝްރޫޢެއްކަން މުޣުނީ ފާހަގަކުރެއްވިއެވެ.

"45 އިންސައްތަ މަސައްކަތްވަނީ ނިމިފައި. މިގޮތުން ކޭބަލް ވަޅުލުމައްޓަކައި ކޮނުމުގެ މަސައްކަތާއި މާލެއި ހުޅުމާލޭގެ ސަބްސްޓޭޝަންގެ ކޮންސްޓަރަކްޝަން މަސައްކަތައް ވަރާށް ބަރަށް ކުރިއަށްދަނީ . ހުޅުލޭގެ ސަބްސްޓޭޝަންތަކުގެ ކޮންސްޓްރަކްޝަން މަސައްކަތް މިމަސް ނިމިމުގެ ކުރިން ފެށޭނެ." މުޣުނީ ވިދާޅުވިއެވެ.

ޕީއެސްއެމްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން، ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރ ވަނީ، ކަރަންޓް ކެނޑޭ ޙާލަތްތަކުގައި އަވަހަށް މައްސަލަ ހައްލުކުރެވޭނެ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވެފައެވެ. އެގޮތުން ޑިސްޓްރިބިއުޝަން ސްކާޑާގެ ނަމުގައި މަޝްރޫޢެއް ފަށާފައިވާކަން މުޣުނީ ފާހަގަކުރެއްވިއެވެ. މި މަޝްރޫޢުގެ ސަބަބުން ކަރަންޓް ކެނޑޭ ހާލަތްތަކުގައި އަވަހަށް މައްސަލަ ހައްލުކުރުމުގެ އިތުރުން ކަރަންޓް ކެނޑެން ދިމާވާ މައްސަލަތައް ކުރީބައިގައި ދެނެގަނެވި މައްސަލަ ހައްލުކުރުމުގެ ފުރުސަތު ފަހިވެގެންދާނެކަމަށް މުޣުނީ ވިދާޅުވިއެވެ.

"ޑިސްޓްރިބިއުޝަން ސްކާޑާ ނުވަތަ އެހެން ގޮތަކަށް ދަންނަވާނަމަ ޑިސްޓްރިބިއުޝަން އޮޓޯމޭޝަން ޕްރޮޖެކްޓުގެ ބޭނުމަކީ މިސާލަކަށް މާލެއަށް ކަރަންޓް ދޫކުރުމަށްޓަކައި ގާތްގަނޑަކަށް 150 ސްބަސްޓޭަޝަން އަދި ހުޅުމާލޭގައި ގިނަ ސަބްސްޓޭޝަންތަކެއް މިވަނީ ގާއިމްކުރެވިފައި. ޑިސްޓްރިބިއުޝަން އޮޓޯމޭޝަން ނިޒާމްގެ ގާއިމްކުރެވުނީމަ ކަރަންޓް ކެނޑޭ ހާލަތްތަކުގައި އަަވަހަށް މައްސަލަ ހައްލުކުރުމުގެ އިތުރުން ކަރަންޓް ކެޑެން ދިމާވާ މައްސަލަތައް ކުރީބައިގައި ދެނެގަނެވި މައްސަލަ ހައްލުކުރުމުގެ ފުރުސަތު ފަހިވެގެންދާނެ." މުޣުނީ ވިދާޅުވިއެވެ.

މާލެ ސަރަހައްދުގެ ކަރަންޓުގެ ނިޒާމު ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ސްޓެލްކޯއިން ކުރަމުންދެއެވެ. އެގޮތުން ހުޅުމާލެ 2ވަނަ ފިޔަވަހީގައި އިތުރު ނެޓްވޯކްއެއް ޤާއިމްކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.