ޚަބަރު

ހދ އަތޮޅު ބައެއް ޒުވާނުންނާއި، ކުޅިވަރާ ގުޅުންހުރި ކަންތައްތައް ޔޫތުމިނިސްޓަރ ބައްލަވާލައްވައިފި


ހދ އަތޮޅުގެ ބައެއް ރަށެއްގެ ކުޅިވަރާ ގުޅުންހުރި ކަންތައްތައް ޔޫތު މިނިސްޓަރ ބައްލަވާލައްވައިފިއެވެ.

އެގޮތުން މިނިސްޓަރ އަޙްމަދު މަހްލޫފް ވަނީ ހދ ހިރިމަރަދޫ، ހދ ފިނޭ، ހދ ނޮޅިވަރަމް، ހދ ނޮޅިވަރަމް ފަރަށް ވަޑައިގެން އެރައްރަށުގައިހުރި ޒުވާނުންނާއި ކުޅިވަރާ ގުޅުންހުރި ކަންކަން ބައްލަވާލައްވާފައެވެ. އަދި މިއިން ކޮންމެ ރަށަކަށް ވަޑައިގެން އެރަށެއްގެ ކައުންސިލާއި ޒުވާނުންނާއި ބައްދަކުރައްވައި އެރަށްރަށުގައި ހުރި އެދާއިރާގެ ދަތިތައް އޮޅުން ފިލުވައި، ދިމާވާ މައްސަލަތައް ޙައްލުކުރުމަށް ކުރެވިދާނެ ކަންކަމާގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައިވެއެވެ.

މިމަހުގެ 16 ވަނަ ދުވަހުގެރޭ މިނިސްޓަރ ވަނީ ކުޅުދުއްފުށީ ކައުންސިލްއާއި ބައްދަލުކުރައްވައި ކުޅުދުއްފުށީގައި ކުޅިވަރުގެ ދާއިރާއިން ކުރަން ހުރި ކަންކަމާބެހޭ މަޝްވަރާތައް ވެސް ކޮށްފައެވެ.