ވިޔަފާރި

ބީއެމްއެލްއިން މޯބައިލް ޕޭ ބޭނުންކުރާ ކަސްޓަމަރުންނަށާއި މާޗަންޓުންނަށް ޙާއްސަ ޕްރޮމޯޝަނެއް ފަށައިފި


ބޭންކް އޮފް މޯލްޑިވްސް އިން މޯބައިލް ޕޭ ކަސްޓަމަރުންނަށާއި މާޗަންޓުންނަށް ޚާއްސަކޮށްގެން ޕްރޮމޯޝަނެއް ފަށައިފިއެވެ. ސްކޭން ޓު ޕޭ އަދި ޕޭ ބައި ލިކްން ޕްރޮމޯޝަންގެ ނަމުގައި ކުރިއަށްގެންދާ މި ޕްރޮމޯޝަންގައި ދެލައްކަ ރުފިޔާގެ ފައިސާގެ އިނާމު ހުށައެޅިފައިވާކަމަށް އެ ބޭންކުން ބުނެއެވެ.

މި ޕްރޮމޯޝަންގައި ކިޔުއާރު ކޯޑު ސްކޭންކޮށްގެންނާއި ލިންކް ބޭނުންކޮށްގެން ފައިސާ ދައްކައިގެން 3 ކަސްޓަމަރަކަށާއި 3 މާޗަންޓުންނަށް 10000 ރުފިޔާއާއި 30000 ރުފިޔާއާ ދެމެދުގެ ފައިސާގެ އިނާމު ދިނުމަށް ހަމަޖެހިފައިވާކަމަށް އެ ބޭންކުން ބުނެއެވެ. އަދި މީގެ އިތުރުން ކޮންމެ ހަފްތާއަކު ގުރުއަތުން ހޮވޭ 5 ކަސްޓަމަރުންނާއި 5 މާޗަންޓުންނަށް 1000 ރުފިޔާ ދިނުމަށްވެސް ވަނީ ނިންމާފައެވެ.

މި ޕްރޮމޯޝަން ކުރިޔަށް ދާނީ 17 ޖަނަވަރީ 2020 ގެ ނިޔަލަށެވެ. އަދި މި ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުޞަތު ބީއެމްއެލްގެ ހުރިހާ ކަސްޓަމަރުންނަށާއި ބީއެމްއެލް ގެ ޕީއޯއެސް ބޭނުން ކުރާ ހުރިހާ މާޗަންޓުންނަށް ވަނީ ހުޅުވާލާފައެވެ.