ވިޔަފާރި

ގޯލްޑް 100 ގެ އެކްސްކުލޫސިވް ރިއަލް އެސްޓޭޓް ޕާޓްނަރަކަށް ޖާހް އިންވެސްޓްމަންޓް


ކޯޕަރޭޓް މޯލްޑިވްސް "ގޯލްޑް 100 ގާލާ" ގެ އެކްސްކުލޫސިވް ރިއަލް އެސްޓޭޓް ޕާޓްނަރަކަށް ޖާހް އިންވެސްޓްމަންޓް ހަމަޖައްސައިފިއެވެ. މި އެއްބަސްވުމުގައި ޖާހް އިންވެސްޓްމަންޓުގެ ފަރާތުން ސޮއެކުރެއްވީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޖަހުދާން ޖައުފަރެވެ. އަދި އޯރކާ މީޑިއާ ގްރޫޕުގެ ފަރާތުން ސޮއެކުރެއްވީ ސީއީއޯ ޑރ. ޙުސައިން ސަނީ އުމަރެވެ.

އޯރކާ މީޑިއާ ގުރޫޕުގެ ފަރާތުން ކޮންމެ އަހަރަކުވެސް ބާއްވާ ކޯޕަރޭޓް މޯލްޑިވްސް ގޯލްޑް 100 އެވޯޑަކީ ރާއްޖޭގެ ވިޔަފާރީގެ ދާއިރާގައި މަސައްކަތްކުރާ ކުންފުނިތަކުގެ ތެރެއިން އެންމެ ކުރިއަރާފައިވާ ކުންފުނިތައް ފާހަގަކުރުމަށްޓަކައި 2017 ވަނަ އަހަރުން ފެށިގެން ދެމުންދާ އެވޯޑެކެވެ.

ރާއްޖޭގެ އެންމެ ކުރިއަރާފައިވާ 100 ވިޔަފާރި ހޮވުމަށްޓަކައި ހުށަހެޅޭ ކުންފުނިތަކުގެ މަޢުލޫމާތު އިވެލުއޭޓްކުރާނީ މިނިވަން ކޮންސަލްޓަންސީ ފާމެއް މެދުވެރިކޮށްކަމަށް އޯރކާ މީޑިއާއިން ބުނެއެވެ. 2019 ވަނަ އަހަރުގެ ގޯލްޑް 100 އަށް ހޮވޭ ކުންފުނިތައް ހޮވުން އޮންނާނީ އަންނަ ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހު ދަރުބާރުގޭގައެވެ.

ކޯޕަރޭޓް މޯލްޑިވްސްއިން މިހާރު ވަނީ "ނެކްސްޓް 100" އެވޯޑްވެސް ލޯންޗްކޮށް ނަންހުށައެޅުމުގެ ފުރުޞަތު ހުޅުވާލާފައެވެ. ގޯލްޑް 100 އެވޯޑާއި ޙިލާފަށް ނެކްސްޓް 100 އަކީ ރާއްޖޭގައި ހިންގާ ކުދި ވިޔަފާރިއާއި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށްގެން ކޯޕަރޭޓް މޯލްޑިވްސްއިން ތަޢާރަފްކުރި އެވޯޑެކެވެ. މިއީ މުސްތަޤްބަލުގައި ނެކްސްޓް 100 އަށް ދާންތިބި ވިޔަފާރިތައް ކުރިއެރުވުމަށް އެ ކުންފުނިން ތައާރަފްކުރި އެވޯޑެއްކަމަށް އޮރކާ މީޑިއާ ގުރޫޕުން ބުނެއެވެ.