ދީން

ހައްޖާޖީންނަށް ޚާއްސަ ހައްޖާއި އުމްރާ ކިޓެއް ތައާރަފް ކޮށްފި


ހައްޖާޖީންނަށް ޚާއްސަކޮށްގެން ހައްޖު ކޯޕަރޭޝަނުން ހައްޖާއި އުމްރާ ކިޓެއް ތައާރަފް ކޮށްފިއެވެ.މިކަމަށްޓަކައި ސަލްސާ ރޯޔަލްގައި ބޭއްވި ރަސްމިއްޔާތުގައި ހައްޖާއި އުމްރާ ކިޓް ތައާރަފް ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމްއެވެ.އެރަސްމިއްޔާތުގައިވަނީ، މައްކާގެ ބިމުގައި އަގީގާ ކަތިލަން ބޭނުން ފަރާތްތަކަށް ޚާއްސަކޮށްގެން ތައާރަފްކުރި އަގީގާ ޕެކޭޖްވެސް ތައާރަފް ކޮށްފައެވެ. މިރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރ ޑރ އަހްމަދު ޒިޔާދު ދެއްކެވި ވާހަކަފުޅުގައި، ހައްޖު ކިޓަކީ ދިވެހިންކަން ތަމްސީލް ކޮށްދޭނެ ރަމްޒެއް ކަމަށާއި، އެ ކިޓަށް ހައްޖާޖީން ފަރުވާތެރި ވުމަށް އެދި ވަޑައިގެންނެވިއެވެ.ހައްޖު ކިޓްގެ އިތުރުން ދެން ތައާރަފްކުރި އަގީގާ ޕެކޭޖަކީ މައްކާގެ ބިމުގައި އަގީގާ ކަތިލަން ބޭނުންވާ ފަރާތްތަކަށް ހުޅުވާލި ފުރުސަތެކެވެ.ކުރިއަށް އޮތްތަނުގައި ބަދަލު ހައްޖު ކުރުމުގެ ފުރުސަތާއި، ދެ ހަރަމަށް ދިޔުމުގެ ފުރުސަތު ވެސް ހުޅުވާލާނެ ކަމަށް ހައްޖު ކޯޕަރޭޝަނުން މައުލޫމާތުދެއެވެ.