 
										
			ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ)ގެ އިޔަރ އިންޑް ސޭލް ފަށައިފިއެވެ.
މި ސޭލް ފަށާފައިވަނީ އާދިއްތަ ދުވަހުއެވެ. އެސްޓީއޯގެ ހުރިހާ ފިހާރަތަކެއް ހިމެނޭގޮތަށް ކުރިޔަށްގެންދާ މި ސޭލް ފައްޓަވައިދެއްވީ އެސްޓީއޯގެ ރިސްކް ޑިޕާޓްމަންޓްގެ ޖެނެރަލް މެނޭޖަރ މުޙައްމަދު މުރާދުއެވެ. 
ނޮވެމްބަރު މަހުގެ 17 ން ޑިސެމްބަރުމަހުގެ 31 ގެ ނިޔަލަށް ކުރިޔަށްގެންދާ މި ސޭލްގައި %50 ހަމައަށް ޑިސްކައުންޓް ލިބުމުގެ އިތުރުން ބޮޑެތި އިނާމުތަކެއް ލިބޭނެކަމަށް އެސްޓީއޯއިން ބުނެއެވެ.
އެސްޓީއޯއިން ކޮންމެ އަހަރަކުވެސް ކުރިޔަށްގެންދާ މި ސޭލްގައި އެއްވަނަ އިނާމަކަށް މި އަހަރު ހުށަހަޅާފައިވަނީ ދެ މީހަކަށް ހުރުމާއިއެކު ޗެއްނާއީ ދެކޮޅު ޓިކެޓެވެ. ދެވަނަ އިނާމަކަށް ދެ މީހަކަށް ހުރުމާއެކު ފުވައްމުލަކު ދެކޮޅު ޓިކެޓް ލިބޭއިރު ތިންވަނަ އިނާމަކީ އައިފޯން 11 އެވެ. މި އަހަރުގެ އިޔަރ އެންޑް ސޭލްގެ ޕާޓްނަރަކީ މޯލްޑީވިއަންއެވެ.