ޚަބަރު

ތިލަފުށީގައި އަޅާ ކެމިކަލް ގުދަންތައް ރައީސް ބައްލަވާލައްވައިފި


ކެމިކަލް ރައްކާކުރުމަށް ތިލަފުށީގައި ހަދަމުންދާ ގުދަންތައް ރަޢިސް އިބްރާޙިމް މުޙައްމަދު ޞާލިޙް ބައްލަވާލައްވައިފިއެވެ. އެމަނިކުފާނުވަނީ ތިލަފުއްޓަށް ޒިޔާރަތްކުރައްވައި، އެ މަސައްކަތް ކުރައްވަމުންދާ ގްރޭޓަރ މާލޭ އިންޑަސްތްރިއަލް ޒޯން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާޙިމް ރަޝީދް އަބޫބަކުރާ ބައްދަލުކުރައްވައި މަސައްކަތުގ ތަފްސީލް އޮޅުންފިލުއްވަވާފައެވެ.

ކެމިކަލް ގުދަނެއްގައި ރޯވެގެން މާލޭގައި ހިންގި ނުރައްކާތެރި އަލިފާނުގެ ޙާދިސާއާއި ގުޅިގެން ސަރުކާރުންވަނި މާލޭގައި މީހުން ދިރިއުޅޭ ސަރަޙައްދުތަކުގައި ހުރި ކެމިކަލް ގުދަންތައް ތިލަފުއްޓަށް ބަދަލުކުރެއްވުމަށް ނިންމަވާފައެވެ.

ތިލަފުށީގައި ގުދަން ހެދުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 20ވަނަ ދުވަހުއެވެ. އަދި އެ މަސައްކަތް މިހާރު ނިމިފައިވާއިރު، ބައެއް ކެމިކަލް ގުދަންތައް ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތްވެސްވަނީ ފަށާފައެވެ.
އެގޮތުން އެންމެ ފުރަތަމަ ބަދަލުކުރުމުގެ މަސައްކަތް ފަށާފައިވަނީ އެމްއެންޑީއެފުން ނުރައްކާތެރި ކެމިކަލް ހުރި ގުދަންކަމަށް ކަނޑައަޅާފައިވާ 34 ގުދަނެކެވެ.
ތިލަފުށީގައި ހަދާފައިވަނީ 320 އަކަފޫޓާއި، 800 އަކަފޫޓުގެ ގުދަނާއި، 1000 އަކަފޫޓުގެ ގުދަންތަކެވެ.

ތިލަފުށީގައި ގުދަން ހެދުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 20ވަނަ ދުވަހުއެވެ. މި މަސައްކަތް ހަވާލުކުރީ 60ދުވަހުގެ ތެރޭގައި ނިންމުމަށެވެ. އެހެން ނަމަވެސް ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑުންވަނީ 54 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާފައެވެ.

މަސައްކަތް މިހާރު ނިމިފައިވާއިރު، ބައެއް ކެމިކަލް ގުދަންތައް ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތްވެސްވަނީ ފަށާފައެވެ. އެގޮތުން އެންމެ ފުރަތަމަ ބަދަލުކުރުމުގެ މަސައްކަތް ފަށާފައިވަނީ އެމްއެންޑީއެފުން ނުރައްކާތެރި ކެމިކަލް ހުރި ގުދަންކަމަށް ކަނޑައަޅާފައިވާ 34 ގުދަނެކެވެ.

ތިލަފުށީގައި ހަދާފައިވަނީ 320 އަކަފޫޓާއި، 800 އަކަފޫޓުގެ ގުދަނާއި، 1000 އަކަފޫޓުގެ ގުދަންތަކެވެ. މި ގުދަންތައް ހަދަފައިވަނީ އަލިފާނުން ވީހާވެސް ބޮޑަށް ރައްކާތަެރިކުރެވޭނި ނިޒާމުތަކާއިއެކުއެވެ.