ވަރލްޑް ކަޕް އަދި އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގައި ދިވެހިރާއްޖެއާއި ގުއާމް ބައްދަލުކުރާ މެޗުގެ ޓިކެޓް ވިއްކަން ފަށައިފިއެވެ.
އަންގާރަ ދުވަހު ހަވީރު ރަސްމީ ފުޓްބޯޅަ ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވާ މި މެޗުގެ ޓިކެޓް މިއަދު ހަވީރު ވިއްކަން ފަށާފައިވަނީ ރަސްމީ ފުޓްބޯޅަ ދަނޑުންނެވެ.
އެންމެ ފަހުން ވަރލްޑް ކަޕް އަދި އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގައި ރާއްޖެއާއި ފިލިޕީންސް ބައްދަލުކުރި މެޗަށް ސަޕޯޓަރުންނަށް ވިއްކާފައިވަނީ 3000 ޓިކެޓްއެވެ. އޭގެ ތެރެއިން 15 ޕަސެންޓް ޓިކެޓް ޙާއްސަކޮށްފައިވަނީ ފިލިޕީންސް ސަޕޯޓަރުންނަށެވެ. ފިލިޕީންސްއާއި ދެކޮޅަށް މިދިޔަ ބުރާސްފަތި ދުވަހު ކުޅުނު މެޗަށް ވިއްކަން 3000 ޓިކެޓް ވިއްކަން ހަމަޖެއްސި ނަމަވެސް އެ ހުރިހާ ޓިކެޓްއެއް ވިކިފައެއްނެވެއެވެ.
މިއަދު ހަވީރުން ފެށިގެން ރަސްމީ ފުޓްބޯޅަ ދަނޑުން ޓިކެޓް ވިއްކަން ފަށާފައިވާއިރު ޓިކެޓްގެ އަގު އުޅެނީ 150 ރުފިޔާއާއި 100 އަށެއެވެ. އަދި ކޮންމެ މީހަކަށް ވިއްކުމަށް ހަމަޖެހިފައިވަނީ އެންމެ ގިނަވެގެން ތިން ޓިކެޓްއެވެ.
ކޮލިފައިންގައި މިހާތަނަށް ރާއްޖެ ހަތަރު މެޗު ކުޅެފައިވާއިރު އޭގެ ތެރެއިން ކާމިޔާބުކުރެވުނީ ގުއާމް މެޗު އެކަންޏެވެ. ކޮލިފައިންގެ ގްރޫޕް އޭގައި ރާއްޖެ އޮތީ 3 ޕޮއިންޓާއެކު ހަތަރު ވަނައިގައެވެ. އެއްވަނައިގައި ބާރަ ޕޮއިންޓާއެކު ސީރިޔާ އޮތްއިރު ދެވަނައިގައި ޗައިނާ އޮތީ ހަތް ޕޮއިންޓާއެކުއެވެ. އަދިި ހަމަ އެދަދަށް ޕޮއިންޓް ހޯދައިގެން ތިންވަނައިގައި އޮތީ ފިލިޕީންސްއެވެ.