ޚަބަރު

"ގަވް ޑޮޓް އެމްވީ"އަށް ސަރުކާރުގެ ހުރިހާ ވުޒާރާތަކެއްގެ ވެބްސައިޓް ބަދަލުކޮށް، ރީލޯންޗްކުރަނީ!


ސަރުކާރުގެ ރަސްމީ ޑޮމެއިން، "ގަވް ޑޮޓް އެމްވީ"އަށް ސަރުކާރުގެ ހުރިހާ ވުޒާރާތަކެއްގެ ވެބްސައިޓް ބަދަލުކޮށް، މި ބެވްސައިޓްތަށް މި ހަފްތާތެރޭ ރީލޯންޗުކުރުމަށް ނިންމާފައިވާކަމަށް މިނިސްޓަރ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މުހައްމަދު މަލީޙު ޖަމާލް ހާމަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ވެރިކަމަށް އެއް އަހަރު ފުރުމާއި ގުޅުގެން ޕީއެސްއެމް ނިއުސްއަށް ދެއްވި ޙާއްސަ އިންޓަރވިއުއެއްގައި ވާހަކަދައްކަވަމުން، މިނިސްޓަރ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މުހައްމަދު މަލީޙު ޖަމާލް ވަނީ ސަރުކާރުގެ ވުޒާރާތަށް ޓެކްނޮލޮޖީގެ ދާއިރާއިން ކުރިއެރުވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަށް ފާހަގަކުރެއްވިއެވެ. އެގޮތުން ވުޒާރާތަކާއި މުއައްސަސާތަކުގެ އެޕްތަކާއި، އީލެކްޓްރޯނިކް ޚިދުމަތްތަށް ތަޢާރަފްކޮށްފައިވާކަން މިނިސްޓަރ މަލީހު ފާހަގަކުރެއްވިއެވެ.

މިނިސްޓަރ މަލީހުގެ ވާހަކަފުޅުގައި، އެމަނިކުފާނުވަނީ ސަރުކާރުގެ ރަސްމީ ޑޮމެއިން، "ގަވް ޑޮޓް އެމްވީ" ތަޢާރަފްކުރުމަށް ކުރާ މަސައްކަތްތަކުގެ ތަފްސީލު ހިއްސާކުރައްވާފައެވެ. އެގޮތުން "ގަވް ޑޮޓް އެމްވީ"އަށް ސަރުކާރުގެ ހުރިހާ ވުޒާރާތަކެއްގެ ވެބްސައިޓް ބަދަލުކޮށް، މި ބެވްސައިޓްތަށް މި ހަފްތާތެރޭ ލޯންޗުކުރުމަށް ނިންމާފައިވާކަމަށް މިނިސްޓަރ މަލީހު ވިދާޅުވިއެވެ. އެގޮތުން މިހާރު މިނިސްޓަރ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީއާއި، މިނިސްޓްރީ އޮފް ފިޝަރީސް މެރިންް ރިސޯސަސް އެންޑް އެގްރިކަލްޗަރ އަދި ފޮރިން މިނިސްޓީގެ ވެބްސައިޓް ތައްޔާރުކޮށް ނިމިފައިވާކަން މިނިސްޓަރ މަލީހު ފާހަގަކުރެއްވިއެވެ. އެގޮތުން މި ވެބްސައިޓްތަށް މި ހަފްތާތެރޭ ލޯންޗްކުރާނެކަން މިނިސްޓަރ މަލީހު ވަނީ ހާމަކުރައްވާފައެވެ.

"ގަވް ޑޮޓް އެމްވީ އަކީ އިނގިރޭސިވިލާތުގެ ސަރުކާރުގެ ޑޮމެއިން "ގަވް ޑޮޓް ޔޫކޭ" ބެންޗް މާކްއަކަށް ބަލައިގެން ތައްޔާރުކޮށްފައިވާ ޑޮމެއިންއެއް. މިހާރު މިނިސްޓަރ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީއާއި، މިނިސްޓްރީ އޮފް ފިޝަރީސް މެރިންް ރިސޯސަސް އެންޑް އެގްރިކަލްޗަރ އަދި ފޮރިން މިނިސްޓީގެ ވެބްސައިޓް ތައްޔާރުކޮށް ނިންމާފައިވަނީ." މިނިސްޓަރ މުހައްމަދު މަލީޙު ޖަމާލް ވިދާޅުވިއެވެ.

ސަރުކާރުގެ ރަސްމީ ޑޮމެއިން، "ގަވް ޑޮޓް އެމްވީ"އަށް ސަރުކާރުގެ ހުރިހާ ވުޒާރާތަކެއްގެ ވެބްސައިޓް ބަދަލުކުރުމުން ބޮޑެތި ލުއި ފަސޭހަތަކެއް ލިބިގެންދާނެކަން މިނިސްޓަރ މަލީހު ފާހަގަކުރެއްވިއެވެ. އެގޮތުން މި އައު ވެބްސައިޓްތަކަކީ އެއް ފޯމެޓަކަށް، ބޭނުންކުރާ ފަރާތްތަކާއި ރައްޓެހި ގޮތަކަށް ފަރުމާކޮށްފައިވާ ވެބްސައިޓްތަކެއްކަން މިނިސްޓަރ މަލީހް ފާހަގަކުރެއްވިއެވެ. އެގޮތުން އޮންލައިން އެޕްލިކޭޝަން ހުށަހެޅުމާއި، އެއް ވެބްސައިޓާއި އަނެއް ވެބްސައިޓް ފަސޭހަ ނިޒާމަކުން ގުޅާލާ ފަސޭހަ ސަރޗް އިންޖީނެއް ބޭނުންކުރުމަށް ނިންމާފައިވާކަމަށް މިނިސްޓަރ އަމީރު ވިދާޅުވިއެވެ. މިނިސްޓަރ އަމީރު ވަނީ، ސަރުކާރުގެ ރަސްމީ ޑޮމެއިން، "ގަވް ޑޮޓް އެމްވީ"އަކީ އިނގިރޭސިވިލާތުގެ ސަރުކާރުގެ ޑޮމެއިން "ގަވް ޑޮޓް ޔޫކޭ" ބެންޗް މާކްއަކަށް ބަލައިގެން ތައްޔާރުކޮށްފައިވާ ޑޮމެއިންއެއްކަމަށެވެ.