ޚަބަރު

ހއ. އަތޮޅު މަދަރުސާގެ އެންމެ މޮޅު ދަރިވަރަކަށް އަފާފު އާއި ހަނާ


ހއ. ހޯރަފުށީގައި ހުންނަ ހއ އަތޮޅު މަދަރުސާގެ މިދިޔަ އަހަރު އެންމެ މޮޅު ދަރިވަރުގެ މަގާމް މަތީ ސާނަވީން އައިޝަތު ހަނާ ސާނަވީން މަރިޔަމް އަފާފު މުހައްމަދު، ހޯދައިފިއެވެ.

އަފާފު ވަނީ ނިމިގެންދިޔަ އަހަރު އޯލެވެލްގެ ގަދަ ދިހައެއްގެ ދިހަ ވަނައިގައި ހިމެނިފައެވެ. އަދި އަތޮޅު ފެންވަރުގައި ބޭއްވި ގުރުއާން މުބާރާތް ތަކުންނާއި ގައުމިީ ފެންވަރުގައި ގިނަ ވަނަތަކެއް ހޯދާފައެވެ.

ފައުންޑޭޝަން ލެވެލްއިން ފެށިގެން ގްރޭޑް 12 އާއި ހަމައަށް ހއ އަތޮޅު މަދަރުސާގައި 429 ކުދިން ކިޔަވަމުން ދަައިރު ނިމިގެން ދިޔަ އަހަރު ސާނަވީ އިމްތިހާނުގައި ބައިވެރިވި ކުދިންގެ 52 އިންސައްތަ ކުދިން ފަސް މާއްދާއިން ވަނީ ފާސްވެފައެވެ. 21 އިންސައްތަ ކުދިން ހުރިހާ މާއްދާއަކުން ފާސްވެފައިވާއިރު އޯލެވެލްގެ ގައުމީ ގަދަ ދިހައެއްގައި ތިން ދަރިވަރަކު ހިމެނިފައިވެއެވެ.