ޚަބަރު

34 ރަށެއްގެ ފެނާއި ނަރުދަމާ ނިޒާމު ޑިޒައިންކުރުމަށް ޙަވާލުކޮށްފި


34 ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމު ޑިޒައިންކުރުމާއި ޕްރޮޖެކްޓް މެނޭޖްމަންޓް ކޮންސަލްޓަންސީ ޝާހު ޓެކްނިކަލް ކޮންސަލްޓަންޓްސް ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްފިއެވެ.

މި ކޮންޓްރެކްޓްގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާޠިމަތު ޝާނާ ފާރޫޤްއެވެ. އަދި ޝާހު ޓެކްނިކަލް ކޮންސަލްޓަންޓްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ ގޯތަމް މަހާވީރު ޝާހެވެ.

60.25 މިލިއަން ރުފިޔާއަށް ކުރިއަށްގެންދާ މި މަސައްކަތް 40 ދުވަހުގެ ތެރޭގައި ނިންމަންޖެހޭނެއެވެ. މި މަޝްރޫޢުގެ ދަށުން މިމަޝްރޫޢުގެ ޑީޓެއިލްޑް ޕްރޮޖެކްޓް ރިޕޯޓް ތައްޔާރުކުރުމާއި، ޕްރިލިމިނަރީ ޑިޒައިން ތައްޔާރުކުރުމާއި، ޓެންޑަރިންގ މަރުހަލާގެ ޚިދުމަތްތަކާއި އަދި ކޮންސްޓްރަކްޝަން ސުޕަރވިޝަންގެ މަސައްކަތް ކުރުމަށް ވަނީ ކޮންޓްރެކްޓްކޮށްފައެވެ.

މިމަޝްރޫޢުގައި ހިމެނިފައިވާ 34 ރަށުގެ ތެރެއިން ނަރުދަމާ ނިޒާމުގެ ޑިޒައިން މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ17 ރަށުގައެވެ. އަދި ފެނުގެ ޑިޒައިން މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 32 ރަށުގައެވެ.

ޕްލޭނިންގް މިނިސްޓްރީއިން ކޮށްފައިވާ ޓުއީޓް
  • މި އެއްބަސްވުމުގެ ދަށުން ނަރުދަމާ ނިޒާމުގެ ޑިޒައިން މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ރަށްރަށް
  • • ހދ. ވައިކަރަދޫ
  • • ށ. ޅައިމަގު
  • • ކ. ގާފަރު
  • • އއ. ތޮއްޑޫ
  • • އއ. މާޅޮސް
  • • އދ. ދަނގެތި
  • • އދ. ދިގުރަށް
  • • ވ. ފެލިދޫ
  • • ވ. ފުލިދޫ
  • • ވ. ތިނަދޫ
  • • މ. މަޑުއްވަރީ
  • • ފ. ދަރަބޫދޫ
  • • ދ. ބަނޑިދޫ
  • • ތ. ހިރިލަންދޫ
  • • ލ. މައިބައިދޫ
  • • ގދ. ފަރެސްމާތޮޑާ
  • • ގދ. ހޯޑެއްދޫ
  • ފެނުގެ ޑިޒައިން މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ރަށްރަށް
  • • ހއ. ކެލާ
  • • ހއ. ބާރަށް
  • • ހދ. ވައިކަރަދޫ
  • • ށ. ފުނަދޫ
  • • ށ. ޅައިމަގު
  • • ނ. މަނަދޫ
  • • ޅ. ކުރެންދޫ
  • • ކ. ގާފަރު
  • • ކ. ކާށިދޫ
  • • އއ. މާޅޮސް
  • • އދ. ދިގުރަށް
  • • ވ. ފެލިދޫ
  • • ވ. ފުލިދޫ
  • • ވ. ތިނަދޫ
  • • މ. ކޮޅުފުށި
  • • މ. ކޮޅުފުށި
  • • މ. މަޑުއްވަރި
  • • މ. މުލި
  • • ފ. ބިލެއްދޫ
  • • ފ. ދަރަބޫދޫ
  • • ދ. ބަނޑިދޫ
  • • ދ. މީދޫ
  • • ތ. ހިރިލަންދޫ
  • • ލ. ގަން
  • • ލ. އިސްދޫ
  • • ލ. މާމެންދޫ
  • • ލ. މައިބައިދޫ
  • • ގއ. ގެމަނަފުށި
  • • ގއ. މާމެންދޫ
  • • ގދ. މަޑަވެލި
  • • ގދ. ފަރެސްމާތޮޑާ
  • • ގދ. ފަރެސްމާތޮޑާ
  • • ގދ. ހޯޑެއްދޫ

މިމަޝްރޫޢަކީ އިންޑިއަން އެގްޒިމް ބޭންކުގެ 800 މިލިއަން ޔޫ.އެސް ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ފުރަތަމަ މަޝްރޫޢެވެ.