ޚަބަރު

ޕްރައިވަޓައިޒޭޝަން ބޯޑަށް އައްޔަންކުރެއްވި 7 މެމްބަރުންނަށް ރުހުން ހޯދަން މަޖިލީހަށް ފޮނުވައިފި


ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑަށް ޢައްޔަން ކުރައްވާ 7 ބޭފުޅުންނަށް ރުހުންހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ މެންބަރުކަމަށް އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅުތަކަކީ:

  • ބޯޑުގެ ރައީސަކަށް ރައީސުލް ޖުމްހޫރިއްޔާ ހަމަޖެއްސެވި، ޙަސަން ވަޙީދު، ކުދިމާގެ، ގދ. ތިނަދޫ
  • ނާއިބު ރައީސަކަށް ހަމަޖައްސެވި، ޢާޞިމް މުޙައްމަދު، ގ. މެޒަރިން
  • ޢާއިޝަތު ޝާޒުލީ، މ. ސެވޯއީ
  • ރުޝާހާ އަޙްމަދު ޝަރީފް، ހ. އޮއިސިސްވިޔޫ
  • ޢަލީ ޝަފީޢު، މ. ހުދުކަނީރުގެ
  • ޢަލީ ޝުޖާޢު، ފަހަލަ، ޅ. ހިންނަވަރު
  • އަޙްމަދު ޝަރީފް ޔޫސުފް، މ. ސަތާވަރީގެ


ރައީސުލްޖުމްހޫރިއްޔާ، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ މެންބަރުކަމަށް 7 ބޭފުޅަކު ޢައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ފޮނުއްވާފައިވަނީ ޤާނޫނު ނަންބަރު 2013/3 (ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒް ކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓް ކުރުމުގެ ޤާނޫނު) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ.

ސަރުކާރު ކުންފުނިތައް ވިލަރެސްކުރާ، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަންގެ ބޯޑުގެ މެމްބަރުކަމަށް ރައީސުލްޖުމްހޫރިއްޔާ 5 މެމްބަރަކު އައްޔަން ކުރައްވާފައިވަނީ ސެޕެޓެމްބަރު މަހުގެ 23 ވަނަ ދުވަހުއެވެ.