ޚަބަރު

ކުޅުދުއްފުށީ ބަނދަރުގައި އޮތް އެމްޓީސީސީ ސްޕީޑް ފެރީގައި ރޯވެއްޖެ


ކުޅުދުއްފުށީ ބަނދަރުގައި އޮތް އެމްޓީސީސީ ސްޕީޑް ފެރީގައި ރޯވެއްޖެ އެވެ.

ކުޅުދުއްފުށި އުތުރު ބަނދަރު ގައި އޮތް އެމްޓީސީސީގެ ”އުނިޔަ“ ނަމަކަށް ކިޔާ ފެރީގެ ޖަނަރޭޓަރ ރޫމް ގައި އަލިފާން ރޯވެގެން އެމްއެންޑީއެފް ނޯދަން އޭރިޔާ، ކުޅުދުއްފުށި ފަޔަރ ސްޓޭޝަންއިން ޙަރަކާތްތެރިވެއްޖެކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.

މި ހާދިސާ ގެ ރިޕޯޓް އެމްއެންޑީއެފްއަށް ލިބިފައިވަނީ މިއަދު 13:20 ހާއިރުކަމަށާއި މި ހާދިސާ ގައި މީހަކަށް އަނިޔާ ވެފަ ނުވާކަމަށް އެފަރާތުން ބުނެއެވެ.