ޚަބަރު

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ޚިތާނީ މޫސުމް އަންނަނީ


ކުޅުދުއްފުށީ ހޮސްޕިޓަލްގައި ބޮޑު ޗުއްޓީ އާއި ދިމާކޮށް ބާއްވަމުން އަންނަ ޚިތާނީ ކޭމްޕް މިއަހަރުވެސް ބާއްވާނެކަމަށް އެރަށު ހޮސްޕިޓަލުން ބުނެފިއެވެ.

އެގޮތުން މިދިޔަ އަހަރުގެ ކޭމްޕްގައި އަތޮޅުތެރޭގެ އެންމެ ގިނަ ކުދިން ޚިތާނު ކޮށްފައިވަނީ ކުޅުދުއްފުށީ ހޮސްޕިޓަލުގައެވެ. އެވެ. އެގޮތުން މިދިޔަ އަހަރު އެ ހޮސްޕިޓަލުގައި 97 ކުދިން ޚިތާނުކޮށްފައި ވެއެވެ.
ކުޅުދުއްފުށީ ހޮސްޕިޓަލްގައި މިއަހަރުގެ ޚިތާނީ ކޭމްޕް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 20 ފެށިގެން 30 ޑިސެމްބަރުގެ ނިޔަލަށެވެ.

މި ކޭމްޕްގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު މިމަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. އަދި މިކަމާގުޅޭ އިތުރުމައުލޫމާތު އެހޮސްޕިޓަލުންވަނީ އާންމުކޮއްފައެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަކީ ރާއްޖޭގެ އުތުރުގައި އެންމެ ގިނަމީހުން ހިދުމަތް ހޯދަމުންގެންދާ ހޮސްޕިޓަލެވެ.
މިދިޔަ އަހަރުގެ ޚިތާނީ ކޭމްޕަށް ބޮޑުތަރުހީބެއް ލިބިފައިވާކަމަށް އެހޮސްޕިޓަލުން ބުނެއެވެ.