ވިޔަފާރި

މިއަހަރުގެ ބޯޓިން އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 15 ގެ ނިޔަލަށް


މޯލްޑިވްސް ބޯޓިންގ އެވޯރޑްސް 2019އަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް މިމަހުގެ 15ގެ ނިޔަލަށް އޮންނާނެކަމަށް ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބުނެފިއެވެ.

މޯލްޑިވްސް ބޯޓިން އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ 05ވަނަ ދުވަހުއެވެ. ބޯޓިން އެސޯސިއޭޝަނުން ބުނީ އެވޯޑު ލިބޭ ފަރާތްތަށް ކަނޑައަޅާނީ، މިކަމަށް އެކުލަވާލެވިފައިވާ ޖަޖުންގެ ޕެނަލްއިން ދޭ މާރކްސް އާއި އޮންލައިން ވޯޓަށް ބެލުމަށްފަހުގައިކަމަށެވެ. މިފަހަރުގެ އެވޯޑަށް ޖުމްލަ 29 ދާއިރާއަކުން ވާދަކުރުމަށް އެ އެސޯސިއޭޝަނުން ވަނީ ހުޅުވާލާފައެވެ. މިއަހަރުގެ ބޯޑިން އެވޯޑް އޮންނާނީ އަންނަ މަހުގެ 19ވަނަ ދުވަހު ދަރުބާރުގޭގައެވެ.

މޯލްޑިވްސް ބޯޓިންގ އެވޯޑަކީ، ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ލިވްއަބޯޑްތަކަށް ޚާއްސަ ކޮށްދެވޭ އެވޯޑެކެވެ. އެވޯޑް ދިނުމުގެ މަޤްސަދަކީ އެފަރާތްތަކުން ކުރާ މަސައްކަތްތަކުގެ އަގުވަޒަންކުރުންކަމަށް ނޭޝަނަލް ބޯޓިން އެސޯސިއޭޝަނުން ބުނެއެވެ. މިއީ 2014 ވަނައަހަރުން ފެށިގެން އަހަރަކު އެއްފަހަރު ދެމުންގެންދާ އެވޯޑެކެވެ. މިއެވޯޑަށް ކުރިމަތިލެވޭނީ ހަމައެކަނި އެ އެސޯސިއޭޝަންގެ މެންބަރުންނަށެވެ.