ޚަބަރު

ޕިކްނިކް އައިލެންޑް ހެދުމަށް އާއްމުންގެ ޚިޔާލު ހޯދަނީ


މަލޭ ސަރަޙައްދުގައި ދަތުރުދިއުމަށް ހަދާ ޕިކްނިކް އައިލެންޑް މަޝްރޫޢުއަށް އާއްމުންގެ ޚިޔާލު ހޯދުމަށް ހުޅުވާލަން ނިންމައިފިއެވެ.

މިކަމާ ގުޅޭގޮތުން އާއްމުންނާއި ބައްދަލުކުރުމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ބާއްވަވާ ބައްދަލުވުން އަންނަ ހަފްތާގެ އަންގާރަ ދުވަހު ބޭއްވުމަށް ވަނީ ނިންމަވާފައެވެ. މި ބައްދަލުވުން އޮންނާނީ އަންގާރަ ދުވަހުގެ ހަވީރު 16:00 އިން 18.00އަށް ދަރުބާރުގޭގައެެވެ.

މާލޭ ސަރަޙައްދުގައި ހަދާ ޕިކްނިކް އައިލެންޑް ހެދުމަށް ހަމަޖެހިފައިވަނީ އެނބޫދޫ ފިނޮޅު ހިއްކައިގެން ތައިލޭންޑުގެ ސިންހަ އެސްޓޭޓުން ހިންގާ މަޝްރޫގެ ބައެއްގެ ގޮތުގައެވެ.

އެގޮތުން ޕިކްނިކް އައިލެންޑްގެ އެކި މަސައްކަތްތައް ކުރުމަށް މިދިޔަ ސެޕަޓެމްބަރު މަހުގެ ތެރޭގައި ވަނީ 7 ކުންފުންޏަކާއެކު އެއްބަސްވުމަކަށްވެސް އައިސްފައެވެ.

ޕިކްނިކް އައިލެންޑް ހެދުމަށް ހަމަޖެހިފައިވަނީ 3.3 ހެކްޓަރުގެ ސަރަޙައްދެއްގައެވެ. އެ ސަރަޙައްދު ތަރައްޤީކުރަނީ ދަތުރު ގޮސް އުޅޭއިރު ބޭނުންކުރާނެ ވަސީލަތްތަކާއި، ކޮޓަރިއާއި، ރެކްރިއޭޝަނަލް ފެސިލިޓީސްއާއެކުގައެވެ.