ޚަބަރު

ކުޅުދުއްފުށީ ޒިގްޒެގް އިންޓަރ އޮފީސް ފުޓްސަލް މުބާރާތުގެ ޗެންޕިއަންކަން ދިރާގު ހޯދައިފި


ހދ ކުޅުދުއްފުށީގައި ބޭއްވި ޒިގްޒެގް އިންޓަރ އޮފީސް 7ވަނަ ފުޓްސަލް މުބާރާތުގެ ޗެންޕިއަންކަން ދިރާގު ހޯދައިފިއެވެ.

މުބާރާތުގެ ފައިނަލްގައި ރޭ ކުޅުދުއްފުށި ޕޯރޓް ލިމިޓެޑާއި ދިރާގު ބައްދަލުކުރި މެޗް 6 ލަނޑު 3 ލަނޑުން ކާމިޔާބުކޮށް ޗެމްޕިއަންކަން ހޯދީ ދިރާގުޓީމެވެ.

ފައިނަލް މެޗްގެ މޮޅު ކުޅުންތެރިއަކަށް ދިރާގު ޓީމްގެ އިބްރާހިމް އަތީއު ހޮވިފައިވެއެވެ. އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިއަކަށް ހޮވިފައިވަނީ ދިރާގު ޓީމްގެ އަލީ ހާފިޒް އެވެ.

މިމުމާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިންނަށް ހޮވިފައިވަނީ ކޭ ޕީ އެލް ގެ ވިޝާން އަބްދުލްމަޖީދާއި، ދިރާގު ޓީމްގެ ހާފިޒްއާއި، ކޭ ޕީ އެލްގެ ހަސަން އިބްރާހިމާއި ، ޕޮލިސްކުލަބްގެ އަލީ ރިޝްވާނާއި ކޭ ޕީ އެލް ގެ ހުސައިން ވާފިރު އެވެ.

މިމުބާރާތުގެ ފެއަރ ޕުލޭޓީމްއަކީ ޓީމް އޭ އީ ސީ އެވެ.

މުބާރާތުގެ ރަނަރަޕް އަދި ޗެންޕިއަން ޓީމްގެ ކުޅުންތެރިންނަށް މެޑަލްއާއި ފައިސާގެ އިނާމާއި، ޓްރޮފީ ޙަވާލު ކޮށްދެއްވީ މުބާރާތުގެ ޝަރަފްވެރި މެހެމާން ރައްޔިތުން މަޖްސްގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރ ޔާސިރް ޢަބްދުއްލަޠީފް އެވެ.