ޚަބަރު

ވިޔަފާރީގައި ސަމާލުކަން ދޭންވީ ކަންތައްތަކަާބެހޭ މަޢުލޫމާތު ކުޅުދުއްފުށީ ފިހާރަތަކުގެ މުއައްޒަފުންނަށް ދެނީ


ހދ. ކުޅުދުއްފުށީގެ ފިހާރަތަކަށް ޒިޔާރަތްކޮށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް އެރަށު ޕޮލިސް ސްޓޭޝަނުން ފަށައިފިއެވެ.

އެގޮތުން ވިޔަފާރިވެރިން ސަމާލުކަން ދޭންވީ ކަންކަމާއި ފިހާރަތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅިދާނެ ފިޔަވަޅުތަކާއި އަދި ފިހާރަތަކުގައި ކުށެއް ހިނގައިފިނަމަ ޢަމަލުކުރަންވީ ގޮތްތަކާއި ކުށްތަކުން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވެއެވެ. އަދި ފިހާރަތަކުން ވައްކަން ކުރުން ހުއްޓުވުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން މަޢުލޫމާތު ތާއި އިމަރޖެންސީ ޙާލަތެއް ދިމާވެއްޖެނަމަ ޕޮލިސް ސްޓޭޝަނަށް ގުޅޭނެ ނަންބަރު ފަދަ ކަންތައްތައް ވިޔަފާރިވެރިންނަށް އޮޅުންފިލުވައި ދިނުން ވެސް ހިމެނެއެވެ.

މީގެ އިތުރުން ފިހާރަތަކުގައި ސީސީޓީވީ ކެމެރާ ހަރުކުރުމަށް އިރުޝާދު ދިނުންވެސް ހިމެނެއެވެ. މިޕްރޮގްރާމްގެ ތެރެއިން އެރަށުގެ ހުރިހާ ފިހާރައަކަށް ޒިޔާރަތް ކޮށް މަޢުލޫމާތު ދޭ ގޮތަށް ހަމަޖެހިފައި ވެއެވެ.