ޚަބަރު

ޖަރުމަނުވިލާތާއި އިންޑިއާއިން ގިނަ އެއްބަސްވުންތަކެއްގައި ސޮއިކޮށްފި


ޖަރުމަނުވިލާތާއި އިންޑިއާއިން ގިނަ އެއްބަސްވުންތަކެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުންތަކުގައި ސޮއިކުރީ ޖަރުމަނުވިލާތުގެ ޗާންސެލަރ އާންގެލާ މާކެލް އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

ސޮއިކުރެވުނު އެއްބަސްވުންތަކުގެތެރޭގައި ސައިބަރ ސެކިއުރިޓީ، ދަނޑުވެރިކަން، ޓެރަރިޒަމް ނައްތާލުން އަދި އާޓިފިޝަލް އިންޓެލިޖެންސްފަދަ ދާއިރާތަކާ ގުޅޭ އެއްބަސްވުންތައް ހިމެނެއެވެ. ޖަރުމަނުވިލާތުގެ ތަޢުލީމީ ދާއިރާގައި އިންޑިއާގެ ވިހި ހާސް މީހުން ޙަރަކާތްތެރިވާއިރު ދެ ޤައުމުގެ މަސްޢޫލުވެރިންވަނީ ތަޢުލީމާގުޅޭ ކަންކަމުގައި އެއް ޤައުމު އަނެއް ޤައުމަށް އެއްބާރުލުން ދިނުމާގުޅޭ ޚާއްސަ އެއްބަސްވުމެގައިވެސް ސޮއިކުރައްވާފައެވެ.

އިންޑިއާއާއި ޖަރުމަނުވިލާތުގެ ދެމެދުގައި ކުރަމުންގެންދާ ވިޔަފާރި، 2018ވަނަ އަހަރާއި 2019ވަނަ އަހަރާ ދެމެދު 22 ބިލިޔަން ޑޮލަރުން 24.06 ބިލިޔަން ޑޮލަރަށް މައްޗަށް ގޮސްފައިވާއިރު ވިލާތުގައިވާ އިންޑިއާގެ އެންމެ ބޮޑު ވިޔަފާރީގެ ބައިވެރިޔާގެ ގޮތުގައި ވެފައިވަނީ ޖަރުމަނުވިލާތެވެ. 2000ވަނަ އަހަރުން ފެށިގެން މިހާތަނަށް ޖަރުމަނުވިލާތުގެ ކުންފުނިތަކުން އިންޑިއާގައި 12 ބިލިޔަން ޑޮލަރު އިންވެސްޓްކޮށްފައިވާއިރު ޖަރުމަނުވިލާތުގެ 1،700އަށްވުރެ ގިނަ ރައްޔިތުން އިންޑިއާގައި މަސައްކަތް ކުރަމުން ގެންދާކަމަށް މައުލޫމާތު ލިބެއެވެ.

އާންގެލާ މާކަލް އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިންޑިއާގެ ބޮޑުވަޒީރު ނަރަންދުރަ މޯދީވަނީ ބޮޑުވަޒީރުގެ ގަނޑުވަރުގައި މާކަލްއާ ބައްދަލުކުރައްވައި ރަސްމީ މަޝްވަރާކުރައްވާފައެވެ.