ދީން

ފަޤީރުންގެ ގޮތުގައި ނަންނޯޓުކުރުމުގެ ފުރުޞަތު މިއަދު ހުޅުވާލައިފި


މިއަހަރަށް ފަޤީރުންގެ ގޮތުގައި ނަންނޯޓުކުރުމުގެ ފުރުޞަތު މިއަދު ހުޅުވާލައިފިއެވެ.އިސްލާމިކް މިނިސްޓްރީން ބުނީ މިއަދުން ފެށިގެން ރަމްޟާން މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު ދިހަގަޑި ތިރީހުން މެންދުރު އެކެއް ޖެހުމާއި ހަމައަށް ފަގީރުންގެ ގޮތުގައި ނަންނޯޓުކުރުން އޮންނާނެކަމަށެވެ.މާލޭގައި ދިރިއުޅޭ ފަގީރުންގެ ނަން ނޯޓުކުރުން އޮންނާނީ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ.ހުޅުމާލެގައި ދިރިއުޅޭ ފަރާތްތަކުން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގައި އަދި ވިލިމާލޭގައި ދިރިއުޅޭ ފަރާތްތަކުން ނަންނޯޓުކުރުން އޮންނާނީ ވިލިމާލެ އޮފީހުގައިކަމަށްވެސް އެމިނިސްޓްރީން ބުނެއެވެ.މާލެ ސިޓީ ފިޔަވައި އެހެން ރަށްރަށުގައި ދިރިއުޅޭ މީހުންގެ ނަންނޯޓުކުރުން އޮންނާނީ އެރަށެއްގެ ކައުންސިލް އިދާރާގައެވެ.އިސްލާމިކް މިނިސްޓްރީން ބުނީ ފަގީރުންގެ ގޮތުގައި ނަންނޯޓުކުރުމަށް އަންނައިރު، ފަޤީރުންގެ ގޮތުގައި ރަޖިސްޓްރީކުރުމަށް އެދޭ ފޯމާ، އައިޑީކާޑުގެ އަސްލާއި އައިޑކާޑުގެ ކޮޕީއެއް ގެންނަންޖެހޭނެކަމަށެވެ.ފިތުރު ޒަކާތްދިނުމުގައި ފަގީރުންގެ ގޮތުގައި ބަލާނީ ދެހާސް ރުފިޔާއަށްވުރެ މަދު އާމްދަނީއެއް ލިބޭ ފަރާތްތައްކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. މީގެ އިތުރުން ފިތުރު ޒަކާތް ރަމްޟާން މަހުގެ ހަތާވީސް ވަނަ ދުވަހުގެ ނިޔަލަށް ބަލައިގަންނަމުން ގެންދާނެކަމަށްވެސް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.ފިތުރު ޒަކާތުގެ މިންވަރަކީ މީހަކަށް 2.4 ކިލޯ ހަނޑުލުގެ މިންވަރެވެ.