 
										
			އުރީދޫ މޯލްޑިވްސްގެ ޗީފް ފައިނޭންޝަލް އޮފިސަރުގެ މަގާމާއި އެގްޒެކެޓިވް ބޯޑު ޑިރެކްޓަރެއްގެ ގޮތުގައި ސުރޭޝް ކަލްޕަތީ ޗިޑަމްބަރަމް އަޢްޔަންކޮށްފިއެވެ. 
އޫރިދޫއިން ބުނީ އުރީދޫ މޯލްޑިވްސްގެ ޗީފް ފައިނޭންޝަލް އޮފިސަރުގެ މަގާމާއި އެގްޒެކެޓިވް ބޯޑު ޑިރެކްޓަރެއްގެ މަޤާމަށް ސުރޭޝް ކަލްޕަތީ އައްޔަނުކޮށްފައިވަނީ މިދިޔަމަހުގެ 17 ވަނަ ދުވަހުކަމަށެވެ. 
އުރީދޫއިން ބުނީ ސުރޭޝް ކަލްޕަތީ ޗިޑަމްބަރަމްއަކީ ފައިނޭންސްގެ ދާއިރާއިން 30 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެއްކަމަށެެވެ. 
އުރީދޫ މޯލްޑިވްސްއާ ގުޅުމުގެ ކުރިން އޭނާ ވަނީ އުރީދޫ ގްލޯބަލް ސަރވިސަސްގެ ޗީފް ފައިނޭންޝަލް އޮފިސަރުގެ މަގާމުވެސް އަދާކޮށްފައެވެ. މީގެއިތުރުން އޭނާ ވަނީ ބާރލާ އިންސްޓިޓިއުޓް އޮފް ސައިންސް އެންޑް ޓެކްނޮލޮޖީއިން މެނޭޖްމަންޓްގެ ދާއިރާއިން މާސްޓަރސް ޑިގްރީ ހާސިލްކޮށްފައެވެ. އަދި އޭނާއަކީ އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓަންޓްސް އޮފް އިންޑިއާގެ މެންބަރެކެވެ.