ޚަބަރު

ނޮޅިވަރަމުން ދޫކުރި 75 ގޯތި ބާޠިލްކުރުމަށްފަހު އަލުން ގޯތި ދޫކުރަން ހުކުމްކޮށްފި


ހދ ނޮޅިވަރަމުން 75 ގޯތި ދިނުމުގައި އަމަލުކޮށްފައިވަނީ ރަނގަޅަށް ނޫން ކަމަށް ކަނޑައަޅައި ގުރުއަތުލުން އަލުން ބާއްވައިގެން ގޯތި ހަވާލުކުރުމަށް އެރަށު ކޯޓުން ޙުކުމްކޮށްފި އެވެ.

އެގޮތަށް ހުކުމްކޮށްފައި މިވަނީ އެރަށުން އެންމެ ފަހުން ދޫކޮށްފައިވާ ގޯތިތައް ދިނުމުގައި މައްސަލަތަކެއް އުޅޭކަމަށް ބުނެ އަމިއްލަ ފަރާތަކުން ހުށަހެޅި މައްސަލައާކާ ގުޅިގެންނެވެ. މިމައްސަލަ ހުށަހެޅީ ކައުންސިލުން ގޯތި ދިނުމަށް ކުރި އިއުލާނާ ގުޅިގެން ގޯއްޗަށް އެދި ހުށަހެޅުމުން، ކައިވެނީގެ މުއްދަތަށް، ޕޮއިންޓް ދީފައި ނުވުމުން ގޯތި ލިބުމުގެ ހައްގުން މައްސަލަ ހުށަހެޅި މީހާ މަޙުރޫމް ފައިވާކަމަށް ބުނެއެވެ.

މިމައްސަލަ ބެލުމަށްފަހު ހދ އަތޮޅު އިސް މެޖިސްޓްރޭޓް މުޙައްމަދު މައުސޫމު ނެރުއްވި ހުކުމުގައި ވަނީ މިމައްސަލައިގެ ދައުވާއާ ގުޅިގެން ހުށަހެޅި ކަންތައްތަކަށް ރިޢާޔަތް ކުރިއިރު މައްސލަ ހުށަހެި ފަރާތުގެ ލިޔެކިޔުންތައް ފުރިހަމަ ކޮށްފައިވާ ކަމަށާއި، މައްސަލަ ހުށަހެޅި ފަރާތުގެ ލިޔެކިޔުން ފުރިހަމަ ނުވާކަން ކައުންސިލަށް ސާބިތުކޮށްދެއްވިފައިނުވާކަމަށެވެ.

ދައުވާ ހުށަހެޅި މީހާއަކީ 75 ގޯތީގެ ތެރެއިން ގޯއްޗެއް ލިބެން ޖެހޭ ފަރާތެއްކަމަށް މެޖިސްޓްރޭޓްގެ ހުކުމުގައި ކަނޑައަޅައި، އެ ގޯތިތަކުގެ ތެރޭގައި އެފަދަ ފޯމު ބަލައިގެންފައިވާ ދޭ ލިޔުމުގައި ފޯމާއެކު ހުށަހަޅަން ޖެހޭ ތަކެތި ހަމައަށް ހުށަހަޅާފައިވާކަމަށް ބުނެ ނޮޅިވަރަމް ކައުންސިލުން ލިޔުން ދޫކޮށްފައިވާކަމަށް ބަޔާން ކޮށްފައި ވެއެވެ. އަދި ކައިވެނީގެ މުއްދަތަށް ޕޮއިންޓް ދީފިނަމަ ގުރުއަތަކާ ނުލައި ނުވަތަ ގުރުއަތުގައި ބައިވެރިވެވޭ ވަރަށް ޕޮއިންޓް ލިބޭ ފަރާތްތަކެއްވާ ނަމަ އެބަޔަކު ހިމަނައި ގުރުއަތުލައި ގޯތިތަކުގެ ސްލޮޓް ކަނޑައެޅުމަށްފަހު، ގޯތި ލިބޭނެ ފަރާތްތަކުގެ ޙައްގު ވެރިންނާއި އަލުން ގޯތިތައް ހަވާލުކުރުމަށް ނޮޅިވަރަމް ކައުންސިލްގެ މައްޗަށް ޙުކުމް ލޮށަފައިވެއެވެ.

އެންމެ ފަހުން އެރަށުން ގެވަޅު ދޫކޮށްފައިވަނީ 2011 ވަނަ އަހަރު އެވެ.