ސިއްހަތު

މަސްތުވާތަކެތީގެ ސަބަބުން 2013ގައި 2 ލައްކަ މީހުން މަރުވެފައިވޭ


މަސްތުވާތަކެތި ބޭނުން ކުރުމުގެ ސަބަބުން ދެހާސް ތޭރަވަނަ އަހަރު ދެލައްކައަށްވުރެ ގިނަ މީހުން ދުނިޔޭގެ އެކި ގައުމުތަކުގައި މަރުވެފައިވާކަމަށް އދ. ން ބުނެފިއެވެ.މަސްތުވާތަކެއްޗާ އަދި ޖަރީމާތަކާ ދެކޮޅަށް މަސައްކަތްކުރާ އދ. ގެ އޮފީހުން ބުނީ މީގެތެރޭގައި ހިމެނެނީ މަސްތުވާ ތަކެތި މާބޮޑަށް ބޭނުންކުރުމުގެ ސަބަބުން އޯވަޑޯޒް ވެގެން މަރުވިމީހުންނާއި މަސްތުވާތަކެތި ބޭނުންކުރުމުގެ ސަބަބުން ލިބުނު ސިއްޙީ ގެއްލުންތަކުން މަރުވިމީހުން ކަމަށެވެ.މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރާ ބައިނަލްއަގްވާމީ ދުވަހާ ގުޅިގެން އދ. ގެ މި އޮފީހުން ނެރުނު ބަޔާނެއްގައި މަސްތުވާތަކެތީގެ ވިޔަފާރީގެ ސަބަބުން ދުނިޔޭގެ ގައުމުތަކަށާއި އިންސާނުންނަށް ލިބެމުންދާ ގެއްލުންތަކުގެ ބޮޑުކަމުގެ އިންޒާރުދީ މިކަން ހުއްޓުވުމަށް އިތުރު މަސައްކަތްތައް ކުރުމަށް ދުނިޔޭގެ ގައުމުތަކަށް ގޮވާލާފައިވެއެވެ.މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރާ ބައިނަލްއަގްވާމީ ދުވަހުގެގޮތުގައި އދ. ގެ ޖެނެރަލް އެސެމްބްލީން ކަނޑައަޅާފައިވާ ދުވަހަކީ ކޮންމެ އަހަރެއްގެ ޖޫންމަހުގެ 26 ވަނަ ދުވަހެވެ.