ވިޔަފާރި

މަންތާ އެއަރގެ 3 ވަނަ ސީ-ޕްލޭން ރާއްޖެ ގެނެސްފި


ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގައި ހަރަކާތްތެރިވާ މަންތާ އެއަރގެ 3 ވަނަ ސީ-ޕްލޭން ރާއްޖެ ގެނެސްފިއެވެ.

މަންތާ އެއަރގެ 3 ވަނަ ސީ-ޕްލޭން ރާއްޖެ ގެނެސްފައިވާއިރު، މިމަހު ކުރީކޮޅު މަންތާ އެއަރއިން ވަނީ 2 ސީޕްލޭނެއް ގެނެސްފައެވެ. މަންތާ އެއަރއިން ސީ-ޕްލޭންތައް ގެންނަމުން މިދަނީ އަންނަމަހު ސީ-ޕްލޭންގެ އޮޕަރޭޝަންތައް ފެށުމަށްކަމަށް މަންތާ އެއަރއިން ބުނެއެވެ.

3 ސީ-ޕްލޭން ރާއްޖެ ގެނެސްފައިވާއިރު އަންނަ އާދީއްތަ ދުވަހު 4 ވަނަ ސީ-ޕްލޭން ރާއްޖެ ގެންނާނެކަމަށްވެސް މަންތާ އެއަރއިން ބުނެއެވެ. އަދި ޖުމްލަ 10 ސީ ޕްލޭން މަންތާ އެއަރގެ ސީ ޕްލޭން ފްލީޓްގައި ހިމެނޭނެކަމަށްވެސް މަންތާ އެއަރއިން ބުނެއެވެ.

މަންތާ އެއަރއިން ބުނީ އަންނަމަހު ސީ ޕްލޭންގެ އޮޕަރޭޝަންތައް ފެށުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް މިހާރު ކުރިއަށްދާކަމަށެވެ. އަދި ޚިދުމަތް ފަށާނީ މިހާރު އެއަރލައިނުން ޚިދުމަތްތައް ދެމުންދާ މަންޒިލްތަކުގެ ކައިރީގައިވާ ރިސޯޓްތަކަށްކަމަށްވެސް މަންތާ އެއަރއިން ބުނެއެވެ. މަންތާ އެއަރއިން ބުނީ ކުރިއަށް އޮތްތަނުގައި ސީ ޕްލޭންގެ ޚިދުމަތް ބޭނުންވާ އެހެން ފަރާތްތަކަށްވެސް ފިކްސްޑް ޝެޑިއުލްއަކާއި އެޑްވާންސް ބުކިންގ ޚިދުމަތް ދެމުންދާނެކަމަށެވެ.

މަންތާ އެއަރއަކީ ރާއްޖޭގެ އެތެރޭގެ އުދުހުންތަކަށް ޚާއްސަކޮށްގެން ރާއްޖޭގައި އޮޕަރޭޓްކުރާ 3 ވަނަ އެއަރލައިންނެވެ. މި އެއަރލައިންގެ ދަތުރުތައް ރަސްމީކޮށް ފަށާފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުއެވެ. މިއެއަރލައިންގެ އުދުހުންތައް މި ވަގުތު ބާއްވަމުން ގެންދަނީ ބ.ދަރަވަންދުއަށާއި ދ.ކުޑަހުވަދޫއަށެވެ.