ވިޔަފާރި

މޯލްޑިވިއަންގެ "ކަބަޑު ހުޅުވައިގެން ކޮޗިންއަށް" މިއަދު ހަވީރު ހަނިމާދޫގައި


ހަނިމާދޫއިން ކޮޗިންއާއި ދޭތެރޭ ދަތުރުތައް ފެށުން ފާހަގަކުރުމަށް މޯލްޑިވިއަންއިން ބާއްވާ "ކަބަޑު ހުޅުވައިގެން ކޮޗިންއަށް" މިހަރަކާތް މިއަދު ހަވީރު ހަނިމާދޫގައި ބޭއްވުމަށް ނިންމައިފިއެވެ.

މޯލްޑިވިއަންއިން ބާއްވާ "ކަބަޑު ހުޅުވައިގެން ކޮޗިންއަށް" މިހަރަކާތަކީ ތަޅުދަނޑި ހޯދައިގެން ކަބަޑެއް ހުޅުވުމުން އިނާމެއް ލިބޭ ހަރަކާތެކެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އައިލެންޑް އޭވިއޭޝަންގެ ޕީއާރް ކޮމިއުނިކޭޝަން މެނޭޖަރ މޫސާ ވަސީމް ވިދާޅުވީ މި ހަރަކާތުގެ ތެރެއިން ހަނިމާދޫއިން ކޮޗިންއަށް ދިއުމަށް 4 ޓިކެޓު ލިބިގެންދާނެކަމަށެވެ.

މޫސާ ވިދާޅުވީ މިއީ އާންމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދާ ހަރަކާތެއްކަމަށާއި އާންމު ރައްޔިތުންނާއި ރަށަށް ޒިޔާރާތްކުރާ ފަރާތްތަކަށް ވެސް މި ހަރަކާތުގައި ބައިވެރިވެވޭނެކަމަށެވެ.

މި ހަރަކާތުގެ ތެރެއިން ކޮޗިން އަށް ދިއުމަށް ދެކޮޅު ޓިކެޓްގެ އިތުރުން ވެސް އިތުރު އިނާމްތަކެއް ލިބިގެންދާނެއެވެ. މިހަރަކާތަކީ މޯލްޑިވިއަންއިން މިއަދު ހަނިމާދުއާއި ކޮޗިންއާއި ދޭތެރޭ ފެށުމަށް ހަމަޖެހިފައިވާ ދަތުރުތަކާއި ގުޅުވައިގެން ކުރިއަށްގެންދާ ހަރަކާތެކެވެ. މޯލްޑިވިއަން އިން ކޮޗިންއަށް ދަތުރުތައް ފެށުމަށް ތައްޔާރުވަމުންދާއިރު ހަފްތާއަކު 3 ފަހަރު ކޮޗިންއާއި ދޭތެރޭ އެ އެއަރލައިނުން ދަތުރުކުރުމަށް ހަމަޖެހިފައިވާކަމަށް މޯލްޑިވިއަންއިން ބުނެއެވެ.