ދުނިޔެ

އެމެރިކާއިން ފަރަންސޭސި 3 ރައީސުންނަށް ޖާސޫސުކުރިކަން ހާމަވެއްޖެ


އެމެރިކާގެ ޖާސޫސޫ އިދާރާ ކަމަށްވާ ނެޝަނަލް ސެކިއުރިޓީ އެޖެންސީން ފަރަންސޭސިވިލާތުގެ ތިން ރައީސުންނާ ދެކޮޅަށް ފުޅާދާއިރާއެއްގައި ޖާސޫސުކޮށްފައިވާކަން ވިކިލީކްސް އިން އަލަށް ބޭޒާރުކޮށްލި އެމެރިކާގެ ސިއްރު ލިޔުންތަކަކުން ހާމަވެއްޖެއެވެ.ވިކިލީކްސްގެ ވެބްސައިޓްގައި އިއްޔެ ޝާއިޢުކުރި އެމެރިކާގެ ޖާސޫސީ ސިއްރު ރިޕޯޓްތަކެއް ބުނާގޮތުން ނެޝަނަލް ސެކިއުރިޓީ އެޖެންސީންވަނީ ފަރަންސޭސިވިލާތުގެ ކުރީގެ ދެ ރައީސުން ކަމަށްވާ ޖެކްޝިރާކް އާއި ނިކޮލައި ސާކޯޒީގެ އިތުރުން މިހާރުގެ ރައީސް ފޮންސުވާ އޮލާންދް އަށް ވެސް ޖާސޫސުކޮށްފައެވެ.ފަރަންސޭސި ރައީސުންގެ ފޯންކޯލްތަކާއި އީ މެއިލްފަދަ ތަކެއްޗަށް ޖާސޫސުކޮށް އެތަކެތި ސިއްރިޔާތުގައި އަޑުއަހައި ބެލުމުގެ މަސައްކަތް އެމެރިކާ ކޮށްފައިވަނީ 2006 ވަނަ އަހަރުން ފެށިގެން 2012 ވަނަ އަހަރުގެ މޭމަހާ ހަމައަށްކަންވެސް ވިކިލީކްސްއިން ބޭޒާރުކޮށްލި އެމެރިކާގެ ޖާސޫސީ ރިޕޯޓްތައް ބުނެއެވެ. މިކަމާބެހޭގޮތުން ފަރަންސޭސި ރިޔާސީ ގަނޑުވަރު އެލިޒޭ އިން ބަޔާނެއް އަދި ނެރެފައެއް ނުވެއެވެ.