ޚަބަރު

އަންހެން ޓީމްއަށް އެއްވެސް ތަފާތު ކުރުމެއް ނެތް - އަލީ ވަހީދު


ޤައުމީ އަންހެން ޓީމާއި ފިރިހެން ޓީމްގެ މެދުގައި އެއްވެސް ތަފާތު ކުރުމެއް ނުގެންގުޅުއްވާނެކަމަށް ޤައުމީ ޓީމްތަކުގެ އެޑްވައިޒަރީ ކޮމިޓީގެ ޗެއަރމަން އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބްގެ ޗެއަރމަންގެ ގޮތުގައި ހުރިއިރު އަލީ ވަހީދުވަނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބްގެ ނަމުގައި އަންހެން ޓީމެއް އުދައްފާ ކާމިޔާބީވެސް ހޯދާފައެވެ. އަލީ ވަހީދު ވިދާޅުވީ އެންމެ ފުރަތަމަ ރާއްޖައި އަންހެން ފުޓްބޯޅަ ޓީމްތައް އުފެދިގެން އައިއިރާއި މިހާރާއި ބަލާއިރު އަންހެން ފުޓްބޯޅަ ވަރަށް ބޮޑުތަން ކުރިއަރާފައިވާކަމަށެވެ. އެންމެ ބޮޑު ބަދަލްތަކެއް އައިސްފައިވަނީ ކުޅުންތެރިންގެ ކުޅުމާއި އަންހެން ފުޓްބޯޅައާއި މެދު ދެކޭ ގޮތްކަމަށެވެ. އަންހެން ކުޅުންތެރިން އެންމެ ފުރަތަމަ ރާއްޖޭގައި ކުޅުނުއިރު، ވަރަށް ގިނަ ބަޔަކު މަލާމާތް ކުރިކަމަށާއި އަންހެން ފުޓްބޯޅަ ރާއްޖޭގައި ކުރިނާރާނެކަމަށްވެސް ބައެއް ފަރާތްތަކުން ބުނަމުންދިޔަކަމަށް އަލީ ވަހީދު ވިދާޅުވިއެވެ. ނަމަވެސް މިހާރު ރާއްޖޭގައި އަންހެން ކުޅުންތެރިންގެ ހުނަރު ކުރިއަރަމުންގޮސް، ފިރިހެން ކުޅުންތެރިންނެކޭ އެއްގޮތަށް މިހާރު އަންހެން ކުޅުންތެރިން ފުޓްބޯޅަ ކުޅޭތަން ވަރަށް ބަލާހިއްވާކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

"ކުރިން އަޅުގަނޑުން މިވާހަކަދެއްކުމުން މީހުން ކުރީ މަލާމާތް. ނަމަވެސް ރާއްޖޭގަ ގައުމީ އަންހެން ޓީމް މިހާރުވަނީ ބައިނަލަގްވާމީ މުބާރާތަކުންވެސް ބުރޯޒް މެޑަލް ހޯދާފަ. އެކުޅުންތެރިން އެވަނީ މިހާރު އަންހެން ޓީމްގެ ސާބިތުކަން ދައްކާދީފަ. އަޅުގަނޑު އެއްވެސް ވަރަކަށް ފިރިހެން ޓީމްއާއި އަންހެން ޓީމް ތަފާތެއް ނުކުރާނަން. ފިރިހެން ޓީމްއަށް ލިބޭ ފުރުސަތުތަށް އަންހެން ޓީމްއަށްވެސް ހޯދައިދޭނަން." އަލީ ވަހީދު ބުންޏެވެ.