ޚަބަރު

ބ.ކުޑަރިކިލުގައި ހަދަން ފަށާ ނުނިމި ހުރި ފުޓްސަލް ދަނޑު އެޅުމަށް ބަޔަކާ ހަވާލުކޮށްފި.


ބއަތޮޅު ކުޑަރިކިލުގައި ހަދަން ފަށާ ނުނިމި ހުރި ފުޓްސަލް ދަނޑު ހެދުމަށް ކައުންސިލުން ބަޔަކާ ހަވާލުކޮށްފިއެވެ. މިމަސައްކަތް ކުރުމަށް ކައުންސިލުން ހަވާލުކޮށްފައިވަނީ، ހައިޓްސް ޕްރައިވެޓް ލިމިޓެޑްއާއެވެ.
ކުޑަރިކިލު ކައުންސިލުން ބުނީ ފުޓްސަލް ދަނޑުގެ ނުނިމި ހުރި މަސައްކަތްތައް ކުރުމަށް ހަވާލުކުރީ، ދަނޑު ބޮޑުކުރުމާ، ލައިޓް ޖެހުމާ ޓާފްއެޅުމަށެވެ.

މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯޓްއިިން އެެއްމިލިއަންނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ހަދާ މި ދަނޑުގެ މަސައްކަތް 120 ދުވަހުގެ ތެރޭގައި ނިންމާ ކައުންސިލާ ހަވާލުކުރުމަށް އެގްރިމަންޓްގައި ބެފައިވެއެވެ.

ކުޑަރިކިލުގައި ފުޓްސަލް ދަނޑު ހެދުމުގެ މަސައްކަތް ފަށާފައިވަނީ 2018 ވަނަ އަހަރުއެވެ.