ޚަބަރު

ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާ ހޯމަ ދުވަހުގެރޭ


ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާ އަންނަ ހޯމަ ދުވަހުގެރޭ މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ހޯމް މިނިސްޓްރީއިން ވިދާޅުވެއްޖެއެވެ.

ޤައުމީ ދުވަސް ފާހަގަކުރަނީ ދިވެހިރާއްޖެ 15 އަހަރާއި 6 މަސް ދުވަހު ޕޯޗުގީޒުންގެ އަޅުވެތިކަމުގައި އޮތުމަށްފަހު މިނިވަންކަން ލިބުނު ދުވަސް ފާހަގަކުރުމަށެވެ. މި ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ރަބީޢުލްއައްވަލް މަހުގެ 1ވަނަ ދުވަހުއެވެ.

ކޮންމެ އަހަރަކުވެސް މި ދުވަސް ކުލަގަދަކޮށް ފާހަގަކުރަމުން އަންނައިރު، ޤައުމީދުވަސް ފާހަގަކުރުމަށް ބާއްވާ އެންމެ ބޮޑު ހަރަކާތަކީ ޤައުމި ދުވަހުގެ ރަސްމީ ޖަލްސާއެވެ. މިއަހަރުގެ ޤައުމީދުވަހުގެ ރަސްމީ ޖަލްސާ އޮންނާނީ މިމަހުގެ 28ވަނަ ދުވަހުގެރޭ މާލޭގައެވެ. ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްއާއި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

މީލާދީގޮތުން މިއަހަރު ޤައުމީ ދުވަސް ދިމާވަނީ 29 އޮކްޓޯބަރާއެވެ. ދުވަހާއި ގުޅިގެން ދިދަ ނެގުމުގެ ހަރަކާތް ރާއްޖޭގެ ހުރިހާ ރަށެއްގައި 29ވަނަ ދުވަހު ހެންދުނު ކުރިއަށްދާނެއެވެ. ދިދަނެގުމުގެ ރަސްމީ ހަރަކާތް އޮންނާނީ 29ވަނަ ދުވަހުގެ ހެނދުނު ޖޫމްހޫރީ މައިދާނުގައެވެ.

ހޯމް މިނިސްޓްރީއިން ބުނެފައިވަނީ 29ވަނަ ދުވަހުގެ ރޭ ހއ.އުތީމުގައިވެސް ޚާއްސަ ޖަލްސާއެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށެވެ.