ޚަބަރު

ބީއެމްއެލްއަށް ދިގުމުއްދަތަކަށް ޙިދުމަތްކުރި މުވައްޒަފުންގެ އަގުވަޒަންކޮށްފި


ބޭންކް އޮފް މޯލްޑިވްސްއަށް ދިގު މުއްދަތަކަށް ޚިދުމަތްކޮށްފައިވާ މުވައްޒަފުންގެ އަގުވަޒަންކޮށްފިއެވެ.

ބީއެމްއެލްއަށް ދިގު މުއްދަތަކަށް ޚިދުމަތްކޮށްފައިވާ މުވައްޒަފުންގެ ޚިދުމަތުގެ އަގުވަޒަންކުރުމަށް ބޭއްވި ހަފްލާފައި އެ ކުންފުންޏަށް 15 އަހަރާއި 35 އަހަރާ ދެމެދުގެ މުއްދަތަކަށް ޙިދުމަތްކޮށްފައިވާ 30 މުވައްޒަފެއްގެ އަގުވަނީ ވަޒަންކޮށްފައެވެ. މި އެވޯޑުތައް އެ ފަރާތްތަކާ ހަވާލުކޮށްދެއްވީ ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޓިމް ސޯޔަރ އެވެ. މި ރަސްމިއްޔާތު އޮތީ ޗަމްޕާ ސެންޓްރަލް ހޮޓެލްގައެވެ.

މި ހަފްލާގައި ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ ބޭންކް އޮފް މޯލްޑިވްސްގައި ހީވާގިކަމާއެކު ދިގު މުއްދަތަކަށް މަސައްކަތްކުރާ މުވައްޒަފުންގެ އަގުވަޒަން ކުރުމަކީ ލިބޭ ފަޚުރެއްކަމަށެވެ. އަދި މުވައްޒަފުންނަކީ ބޭންކަށް ކާމިޔާބު ހޯއްދައި ދިނުމުގައި އިސްދައުރެއް އަދާކުރަ ބައެއްކަން ޓިމް ފާހަގަކުރެއްވިއެވެ.

ބޭންކް އޮފް މޯލްޑިވްސްއަކީ ރާއްޖޭގެ އެންމެ ބޮޑު ބޭންކެވެ. ބޭންކުގެ 99 އިންސައްތަ މުވައްޒަފުންނަކީ ދިވެހިންނެވެ. ބީއެމްއެލްއިން ވަނީ "އޭޝިޔާސް ބެސްޓް އެމްޕްލޯޔަރ ބްރޭންޑް އެވޯޑް" ޖެހިޖެހިގެން ތިންވަނަ ފަހަރަށް ހޯދާފައެވެ.