ސިއްހަތު

ޓްރީ ޓޮޕް ހޮސްޕިޓަލުގެ އުކުޅުވަޅު ހުޅު ބަދަލުކުރުމުގެ ފުރަތަމަ އޮޕަރޭޝަން ވަރަށް ކާމިޔާބު


ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފުރަތަމަ ފަހަރަށް އުކުޅުވަޅު ހުޅު ބަދަލުކުރުމުގެ އޮޕަރޭޝަނެއް ކާމިޔާބުކަމާއެކު ކޮށްފިއެވެ.

މި އޮޕަރޭޝަން ކުރިއަށްގެންގޮސްފައިވަނީ މިމަހުގެ 20 ވަނަ ދުވަހުއެވެ. އަދި އޮޕަރޭޝަން ކޮށްފައިވަނީ ރާއްޖެބައްޔަށް ފަރުވާ ކުރަމުންދާ 29 އަހަރުގެ މީހެއްގެކަމަށްވެސް ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނެއެވެ.

މިއޮޕަރޭޝަން ކުރުމަށް ހަރަކާތްތެރިވެފައިވަނީ ކަށީގެ އޮޕަރޭޝަނަށް ޚާއްސަ ޑޮކްޓަރުންކަމަށްވާ، ޑރ. ކަންނިރާޖް މަރިމުތު އާއި ޑރ. ޑޭވިޑް މޮންޓިނެގްރޯ އާއި ޑރ. ހުސެއިން ފައިސަލްއެވެ. މިބޭފުޅުންގެ އިތުރުން އަމަލީ އެހީތެރިކަން ފޯރުކޮށްދީފައިވަނީ ހޭނައްތާ ޑޮކްޓަރ ޑރ. ވޮރަން ކަބަލާ އާއި ހުނަރުވެރި ނަރުހުންގެ ޓީމެކެވެ.

ކަށީގެ ޚާއްސަ ޑޮކްޓަރުންނަށް ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު ހެނދުނު 09:00 ން ހަވީރު 06:00 އެޕޮއިންޓްމަންޓް ލިބޭނެކަމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނެއެވެ. އަދި ފޯނުކޮށްގެންނާއި އޮންލައިން ގެސްޓް ޕޯޓަލް މެދުވެރިކޮށްވެސް އެޕޮއިންޓްމަންޓް ހެއްދޭނެކަމަށްވެސް އެ ހޮސްޕިޓަލުން ބުނެއެވެ.