ޚަބަރު

ކުރިނބީ ސްކޫލުގައި 5 ކުލާސް ރޫމާއި ސްޓާފް ރޫމް އަޅަން ބަޔަކާ ހަވާލުކޮށްފި


ހދ. ކުރިނބީ ސްކޫލުގެ 5 ކުލާސް ރޫމާއި ސްޓާފް ރޫމް އިމާރާތްކުރުމަށް ވީ އަވަރ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފި އެވެ.

360 ދުވަސްތެރޭގައި ނިންމުމަށް ހަވާލުކުރި މި މަޝްރޫއުގެ އަގަކީ ހަތަރު މިލިއަން ފަސްލައްކަ ހަތްދިހަ ރުފިޔާ އެވެ. އަންނަ 2020 ވަނަ އަހަރުގެ އޮކްޓޯބަރުމަހު ފަހުކޮޅު އިމާރާތް މުޅިން ނިންމާ ބޭނުންކުރަން ފެށޭނެކަމަށް އެ މިނިސްޓްރީ މައުލޫމާތުދެ އެވެ.

މިއީ ޕީއެސްއައިޕީގެ ދަށުން ކުރިއަށްގެންދާ މަޝްރޫއެކެވެ.
މިކަމަށްޓަކާ މިނިސްޓްރީ އޮފް އެޑިއުކޭޝަންގައި ބޭއްވި ރަސްމިއްޔާތެއްގައި އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އަހުމަދު ރިޔާޒެވެ. ވީ އަވަރ އިންވެސްޓްމެންޓްގެ ފަރާތުން ސޮއިކުރެއްވީ އޮފީސް މެނޭޖަރު ފާތިމަތު ލައިސާ ލަތީފެވެ.