ޚަބަރު

އެމްއެމްޕީއާރުސީގެ ޙިޔާނާތާ ގުޅިގެން ފުލުހުންތަކެއްގެ މައްސަލަ ތަހުޤީޤްކުރަން ފަށައިފި


އެމްއެމްޕީއާރްސީގެ ޙިޔާނާތުގެ މައްސަލައިގައި ފުލުހުންތަކެއް ބައިވެރިވިކަމަށް ތުޙުމަތުކުރެވޭ މައްސަލައެއް ތަހުޤީޤްކުރަން ފަށައިފިއެވެ.

މި މައްސަލައިގެ ތަޙްޤީގު ކުރިއަށްދާތީ މިމައްސަލައިގެ އެއްވެސް މަޢުލޫމާތެއް ފުލުުހުން ހާމައެއް ނުކުރައްވައެވެ. ނަމަވެސް މި މައްސަލައިގައި ފުލުހުންގެ ނަން-ކޮމިޝަންޑް އޮފިސަރުންނާއި، ކޮމިޝަންޑް އޮފިސަރުން އަދި އެގްޒެކެޓިވް ލެވަލްގެ އޮފިސަރުންތަކެއްގެ މައްސަލަ ތަޙްޤީގުކުރަމުންދާކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މިމަހުގެ 13 ވަނަ ދުވަހުން ފެށިގެން ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަރޑްސް ކޮމާންޑުން މިމައްސަލަ ތަޙްޤީޤު ކުރަމުންދާކަމަށެވެ.

އެމްއެމްޕީއާރްސީ ޙިޔާނާތުގެ މައްސަލައަކީ މިހާތަނަށް ރާއްޖޭގައި ހިންގާފައިވާ އެންމެ ބޮޑު އެއް ކޮރަޕްޝަންގެ މައްސަލައެވެ. އެގޮތުން މިހިޔާނާތުން ދައުލަތަށް ލިބުނު އެތައް ބިލިއަނަކަށް އަރައެވެ.

އެމްއެމްޕީއާރުސީގެ މައްސަލައިގައި ފުލުހުންތަކެއްގެ މައްސަލަ ތަހުޤީޤްކުރަމުންދާއިރު، އެމްއެމްޕީއާރުސީގެ ހިޔާނާތުގައި މިހާރުގެ ބައެއް ވަޒީރުންނާއި، މަޖިލީހުގެ މެމްބަރުންނާއި ފަނޑިޔާރުންވެސް ހިމެނޭކަމަށް ޕްރޮސެކިއުޓަރ ޖެނަރަލް ވަނީ ހާމަކުރައްވާފައެވެ.