ދީން

ބަހްރައިން ފޮލިސް އެކަޑަމީން ހަދިޔާކުރި މުސްހަފްތައް ހަވާލުކޮށްފި


ބަހްރައިން ފޮލިސް
އެކަޑަމީއިން މޯލްޑިވްސް ފޮލިސް ސާވިސްއަށް ހަދިޔާ ކުރި މުސްހަފް އަދި ބައެއް ދީނީފޮތްތައް
ކުޅުދުއްފުށީ މިސްކިތްތަކާއި ހަވާލު ކުރުމަށް ޓަކައި ކައުންސިލްއިދާރާއާ ހަވާލު
ކޮށްފިއެވެ.



މިފޮތްތައް ކައުންސިލްއާ
ހަވާލު ކުރީ ކައުންސިލްއިދާރާގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.



މިތަކެތި ކައުންސިލަށް ހަވާލުކޮށްދެއްވީ
ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގެ އިންޗާޖް، ޕޮލިސް ސްޓޭޝަންއިންސްޕެކްޓަރ އަލީ
ރަޝީދުގެ އިތުރުން ޝިފްޓް ސްޕަވައިޒަރ ޕޮލިސް ސްޓޭޝަންއިންސްޕެކްޓަރ އަހްމަދު އަލީއެވެ.



މީގެ އިތުރުން ބަހްރައިނުން
ހަދިޔާކުރި ބައެއް ފޮތްތައް ކުޅުދުއްފުށީގެ ދެ ޕްރީ ސްކޫލާއި ވެސް ވަނީ ހަވާލު ކޮށްފައެވެ.
އެގޮތުން އަމީރު އަމީން ސްކޫލްއާ ފޮތްތައް ހަވާލުކޮށް ދެއްވީ ހދ އަތޮޅު ކޮމާންޑަރ
ފޮލިސް ޗީފް ސްޓޭޝަން އިންސްޕެކްޓަރއަހްމަދު ނަސީމްއެވެ. އަދި އައިޕީއެސް އާ
ފޮތްތައް ހަވާލު ކުރެއްވީކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގެ އިންޗާޖް، ޕޮލިސް
ސްޓޭޝަން އިންސްޕެކްޓަރއަލީ ރަޝީދުއެވެ.