ޓުއަރިޒަމް

އެއްމެ ހިތްގައިމު ބީޗް ރިސޯޓްގެ އެވޯޑް ލަކްސް މޯލްޑިވްސްއަށް


ވޯލްޑް ޓްރެވަލް އެވޯޑްސްއިން ދޭ އިންޑިއާ ކަނޑުގެ އެއްމެ ހިތްގައިމު
ގޮނޑުދޮށްތައް ލިބިފައިވާ ޤައުމުގެ އެވޯޑް ރާއްޖެއަށް އަނެއްކާވެސް ލިބިއްޖެއެވެ.



އިއްޔެ ސީޝެލްސްގައި ބޭއްވި ވޯލްޑް ޓްރެވަލް އެވޯޑްސް ހަފްލާގައި އިންޑިއަން
އޯޝަން ކެޓަގަރީއިން ތަފާތު އެވޯޑްތައް ރާއްޖޭގެ ރިސޯޓްތަކަށް ވަނީ ލިބިފައި،
އެގޮތުން ރާއްޖޭގެ ރިސޯޓްތަކަށް ލިބިފައިވާ އެވޯޑްތަކުގެ ތެރޭގައި އިންޑިއާ
ކަނޑުގެ އެއްމެ ހިތްގައިމު ބީޗް ރިސޯޓްގެ އެވޯޑް ރާއްޖޭގެ ލަކްސް މޯލްޑިވްސްއަށް
ލިބިފައިވެއެވެެ.



މި ސަރަހައްދުގެ އެއްމެ ރޮމޭންޓިކް ރިސޯޓްގެ އެވޯޑް، ބަރޮސް މޯލްޑިވްސް އަށް
ލިބިފައިވާއިރު އިންޑިއާ ކަނޑުގެ އެއްމެ ކުރިއަރާފައިވާ ހޮޓެލްގެ އެވޯޑް ކޮންރެޑް
މޯލްޑިވްސް ރަންގަލި އައިލެންޑް އިން ހޯދާފައިވާކަން ފާހަގަކޮށްލެވެއެވެ. މީގެ
އިތުރުން އިންޑިއާ ކަނޑުގެ އެއްމެ ކުރިއަރާފައިވާ ލެޝަރ ހޮޓެލް އެވޯޑް ހޯދާފައިވަނީ
ހުޅުލޭ އައިލެންޑް ހޮޓެލަށެވެ. އަދި އިންޑިއާ ކަނޑުގެ އެއްމެ ކުރިއަރާފައިވާ
އެއަރޕޯޓްގެ އެވޯޑްވެސް ލިބިފައިވަނީ އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓަށެވެ.



އިންޑިއާ ކަނޑުގެ އެއްމެ ކުރިއަރާފައިވާ ސީޕްލޭން އޮޕަރޭޓަރގެ އެވޯޑް
ހޯދާފައިވަނީ ޓްރާންސް މޯލްޑިވިއަން އެއަރވޭސް އަށެވެ.