ޚަބަރު

ބޯކޮށް ވާރޭވެހި ހދ ނޮޅިވަރަމްފަރުގައި ފެން ބޮޑުވެއްޖެ


މިހާރު ކުރަމުންދާ ވިއްސާރައިގައި ނޮޅިވަރަމްފަރަށް ބޯކޮށްވާރޭވެހި އެރަށުގެ ބޮޑު ސަރަހައްދެއްގައި ފެންބޮޑުވެއްޖެއެވެ. މިއަދު މެންދުރުކުރިން ފެށިގެން އެރަށަށް ވަނީ ބޯކޮށް ވާރޭ ވެހިފައެވެ.

ނޮޅިވަރަމްފަރު ކައުންސިލްގެ ރައީސް އަޙްމަދު އިބްރާހިމް ޕީ އެސް އެމް ނިއުސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ރަށުގެ ބޮޑު ސަރަހައްދެއްގައި ފެންބޮޑުވެ 47 ގެއަކަށް ފެންވަދެފައިވާކަމަށެވެ. އެގޭގޭގެ މީހުންދަނީ ފެންހިއްކުމުގެ މަސައްކަތް ކުރަމުންކަމުގައި ކައުނސިލް ރައީސް މައުލޫމާތުދެއްވިއެވެ. މިއީއެރަށުގެ ނަރުދަމާނެތް ސަރަޙައްދެވެ.

މީގެ އިތުރުން ނަރުދަމާގެ މައްސަލަޖެހި ނަޖިސްބޭރުވެ ފެންގަނޑާއެކުވެ ގޯތިތަކަށް ވެސް ނަޖިސް ވަދެފައިވާކަމަށް ރައީސްވިދާޅުވިއެވެ. އަދި އެރަށުގައި ކުރީގައި ރަށްވެހިވެފައިވާ ސަރަހައްދުގައިވެސް ފެންބޮޑުވެ ނަޖިހުގެ އަސަރު ކޮށްފައިވާކަމަށް މައުލޫމާތުދެއްވިއެވެ.

ކައުންސިލްގެ ރައީސް ވިދާޅުވީ ޗައިނާ ފުލެޓްތައް ސަރަހައްދުގައި އެހާ ފަސޭހައިން ފެންބޮޑުވަނީ އެސަރަހައްދު ތިރިވުމުން ކަމަށެވެ.

ވަރަށްފަހުންވެސް އެރަށަށް ބޯކޮއްވާރޭވެހި ވަރަށްބޮޑަށްފެންބޮޑުވެ ބޮޑެތި ގެންލުންތަކެއްވަނީ ލިބިފައެވެ.