ކުޅިވަރު

ޓީސީ ފުރަތަމަ މެޗުން ބަލިވެއްޖެ.


ޝޭހް ކަމާލް އިންޓަރނޭޝަނަލް ކުލަބް ޗެމްޕިއންޝިޕްގެ ފުރަތަމަ މެޗުގައި ޗިޓަގޮން އަތުން އެންމެ ފަހުގެ ޗެމްޕިއަން ޓީސީ ބަލިވެއްޖެއެވެ.

ބަންގްލަދޭޝްގައި ފެށި ޝޭހް ކަމާލް އިންޓަރނޭޝަނަލް ކުލަބް ޗެމްޕިއންޝިޕްގައި ޓީސީ ކުޅުނު ފުރަތަމަ މެޗުން ބަލިވީ ބަންގްލަދޭޝްގެ ޗިޓަގޮން އަބަހާނީއާ ވާދަކޮށް 4-1 ލަނޑުންނެވެ. ޗެމްޕިއަން ޓީސީ ކޮޅަށް ފުރަތަމަ ހާފް ނިމުމުގެ ކުރިން ބަންގަލަދޭޝްއިން ވަނީ ތިންލަނޑު ޖަހާފައެވެ. ޓީސީއިން ލަނޑު ކާމިޔާބުކުރީ މެޗު ނިމެން ދެ މިނެޓަށްވެފައިވަނިކޮށް އިސްމާއިލް އީސާއެވެ.

ޓީސީ ކުޅޭ ދެވަނަ މެޗުގައި ހޯމަ ދުވަހު މޯހަން ބަގާންއާއި ދެކޮޅަށް ނިކުންނައިރު ތިންވަނަ މެޗުގައި އަންނަ ބުރާސްފަތި ދުވަހު ނިކުންނާނީ ލާއޯސްގެ ޗެމްޕިއަން ޔަންގް އިލެފަންޓް އެފްސީއާއި ދެކޮޅަށެވެ. ބަންގްލަދޭޝްގެ ޗިޓަގޮންގްގައި މިމަހުގެ 18 އިން 30 ގެ ނިޔަލަށް ކުރިޔަށްގެންދާ މި މުބާރާތުގައި 8 ކްލަބަކުން ވާދަކުރެއެވެ. މުބާރާތުގެ ގްރޫޕްގައި ހިމެނެނީ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ޓީސީ ސްޕޯޓްސް ކްލަބާއި އިންޑިއާގެ މޯހަން ބަގާން، ބަންގްލަދޭޝްގެ ޗިޓަގޮން އަބަހާނީ އަދި ލާއޯސްގެ ޗެމްޕިއަން ޔަންގް އިލެފަންޓް އެފްސީއެވެ. ގްރޫޕް ބީގައި ހިމެނެނީ، ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދުރާ ކިންގްސް، ޑާކާ އަބަހާނީ، އިންޑިއާގެ ޗެންނާއީ ސިޓީ އެފްސީގެ އިތުރުން މެލޭޝިއާ ސުޕަ ލީގުގެ ޓެރެންގަނޫ އެފްސީއެވެ.

ކޮންމެ ދެ އަހަރަކުން އެއް އަހަރު ބާއްވާ މި މުބާރާތް ފެށި އަހަރު ކަމަށްވާ 2015 ގައި ޗެމްޕިއަންކަން ހޯދީ ބަންގްލަދޭޝްގެ ޗިޓަގޮންގް އަބަހާނީ ލިމިޓެޑް. ޓީސީން ޗެމްޕިއަންކަން ހޯދީ 2017 ވަނަ އަހަރު ދެކުނު ކޮރެއާގެ އެފްސީ ޕޮޗެއޯން ބަލިކުރުމަށް ފަހު.