ޚަބަރު

ގިނަ އަދަދެއްގެ ބަނގުރަލާއި ބޭސް ނައްތާލައިފި


ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރަލާއި ބޭސް ނައްތާލައިފިއެވެ.

ކަސްޓަމްސް އިން ވިދާޅުވީ ނައްތާލި ތަކެތީގެ ތެެރޭގައި ހިމެނެނީ 833 ލީޓަރުގެ ބަނގުރަލާއި ޖިންސީ ގުޅުން ހިންގުމަށް ބޭނުންކުރާ ތަފާތު އެކި ވައްތަރުގެ 843 އައިޓަމް ހިމެނޭކަމަށެވެ. މީގެއިތުރުން 13208 ބޭސް ގުޅައާއި 949 ސްޕްރޭ ފުޅި ހިމެނެއެވެ.

މި ތަކެއްޗަކީ ކަސްޓަމްސްގެ އާންމު ޤަވާއިދުގެ 269 ވަނަ މާއްދާގެ ދަށުން ބޮންޑެޑް ވެއަރ ހައުސްގައި ހުންނަ މުދާ މުއްދަތު ހަމަވުމުގެ ސަބަބުން ނުވަތަ ހަލާކުވުމުގެ ސަބަބުން އެތަކެތި ނައްތާލުމުގައި ޢަމަލުކުރާ އުޞޫލުގެ ދަށުން ނައްތާލި ތަކެތިކަމަށް ކަސްޓަމްސުން ވިދާޅުވެއެވެ. އަދި ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ހިފެހެއްޓޭ މަނާތަކެތި ނައްތާލުމުގައި ޢަމަލުކުރާނެ އުޞޫލުގެ ދަށުން ނައްތާލާފައިވާ ބައެއް ތަކެތިވެސް މީގެތޭރޭގައި ހިމެނޭކަމަށްވެސް ކަސްޓަމްސްއިން ވިދާޅުވެއެވެ.