މުނިފޫހިފިލުވުން

އާ ފިލްމުގެ ނަމަކީ "ރާދޭ " ކަމަށް ސަލްމާން އެއްބަސްވެއްޖެ

ދުވަސްކޮޅެއް ވަންދެން ފޭނުން އިންތިޒާރުގައި ބޭއްތިއްބުމަށްފަހު ސަލްމާން ހާން އަންނަ އީދަށް ނެރޭނީ "ރާދޭ" ކަން އެންމެ ފަހުން އިއުލާންކޮށްފިއެވެ.

ސަލްމާން މިހާތަނަށް ބުނަމުން އައީ އަންނަ އަހަރުގެ އީދަށް އޭނާ ފިލްމެއް ނެރޭނެކަމަށާއި އެ ފިލްމަށް ކިޔަނީ " ރާދޭ " ނޫންކަމަށެވެ. ސަލްމާން އޭނާގެ އާ ފިލްމަށް ކިޔާ ނަމާއި ފިލްމުގެ ޕޯސްޓަރު އާއްމުކޮށްފައިވަނީ މިހާރު ސަލްމާން ނެރުމަށް ތައްޔާރުވަމުން އަންނަ " ދަބަންގް 3 " ޕްރޮމޯޝަން ޕޯސްޓަރާއި އެކު ކުރި ޓްވީޓެއްގައެވެ.

އަންނަ އަހަރުގެ އީދަށް ސަލްމާން ނެރޭ ފިލްމަށް ކިޔާ ނަމެއްކަމަށް ބުނެ މިހާތަނަށް މީޑިއާގައި ބުނަމުން އައީ "އިންޑިއާސް މޯސްޓް ވޯންޓެޑް ކޮޕް ރާދޭ " އެވެ. އެހެންނަމަވެސް މި ސަލްމާން އާއްމުކުރި ޕޯސްޓަރުންގައި ބަދަލުވެފައިވަނީ މި ނަމުން ހަމަ ކުޑަ ތަންކޮޅެކެވެ.

ސަލްމާންގެ އާ ފިލްމަށް ދީފައިވާ ނަމަކީ " ރާދޭ ޔޯ މޯސްޓް ވޯންޓެޑް ބައި " މި ނަމެވެ. މި ފިލްމުވެސް ޑައިރެކްޓަރީ ކުރިންވެސް އަޑުތައް ފެތުރުނު ގޮތަށް ޕްރަބޫދޭވާއެވެ. މި ފިލްމާއި އެކު މީ ޕްރަބޫގެ ޑައިރެކްޝަން ދަށުން ސަލްމާން ފެނިގެންދާނެ ތިންވަނަ ފިލްމެވެ.

ޕްރާބޫއާއި އެކު ސަލްމާން އެންމެ ފުރަތަމަ މަސައްކަތްކޮށްފައިވަނީ 2009ވަނަ އަހަރު ނުކުތް "ވޯންޓެޑް" ގައެވެ. އެއަށްފަހު މިހާރު ނުކުންނަށް ތައްޔާރުވެފައިވާ ސަލްމާންގެ ދަބަންގެ ސީކުއެލް " ދަ ބަންގް 3 " ގެ ވެސް ޑައިރެކްޓަރަކީ ޕްރަބޫއެވެ.

ހަބަރުތައް ބުނާ ގޮތުން "ރާދޭ" ސްކްރީންތަކަށް އަންނާނީ އަންނަ އަހަރުގެ ނޮވެމްބަރ 4 ވަނަދުވަހުއެވެ. މި ފިލްމަކީ 2017 ވަނައަހަރު ނުކުތް ކޮރެއާ ފިލްމް " ދަ އައުޓް ލޯސް " އަސްލަކަށް ބަލައިގެން އުފައްދާ ފިލްމެކެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން މި ފިލްމުގައި ސަލްމާނާއި އެކު ފެނިގެންދާނީ ދިޝާ ޕަޓަނީ އެވެ.

ރީލް ލައިފް ޕްރޮޑަކްޝަނުން އުފައްދާ މި ފިލްމގެ ޕްރޮޑިއުސަރަކީ ސަލްމާންގެ ކޮއްކޮ ސުހައިލް ހާންއެވެ.

ކުރިން ހަމަޖެހިފައި އޮތް ގޮތުން އަންނަ އަހަރުގެ އީދާ ދިމާކޮށް ނެރުމަށް ހަމަޖެހިފައި އޮތީ ސަންޖޭ ލީލާ ބަންސާލީގެ " އިންޝާ ﷲ " އެވެ. އެހެންނަމަވެސް މި ފިލްމުގެ ޝޫޓިން ފަށަން ތައްޔާރުވެ 2 މިލިއަން ޑޮލަރަށްވުރެ ބޮޑު ހަރަދެއްކޮށްފައިވަނިކޮށް ސަލްމާން ވަނީ އެ ފިލްމު ނުކުޅޭނެކަމަށް ބުނެ ފިލްމު ދޫކޮށްލާފައެވެ.

އަންނަ އީދަށް ސަލްމާންގެ އާ ފިލްމްގެ ނަން އިއުލާންކޮށްފައިވާއިރު އޭނާ ދަނީ އަންނަ ޑިސެމްބަރ 20ގައި ނެރުމަށް ތައްޔާރުވަމުން އަންނަ " ދަ ބަންގް 3" ޕްރޮމޯޓްކުރުމުގެ މަސައްކަތް ކުރަމުންނެވެ. ދަ ބަންގް މި ފިލުމުންވެސް ފެނިގެންދާނީ މި ސިރީޒްގެ ހުރިހާ ފިލްމުތަކުންވެސް ފެނިގެންދިޔަ ސޮނާކްޝީ ސިންހާ އާއި އަރްބާޒް ހާންއެވެ. ފިލްމުގެ ވިލަންގެ ރޯލުން ފެނިގެންދާނީ ދެކުނު އިންޑިއާ މަޝްހޫރު ފިލްމީތަރި ސުދީޕް ސަންޖީވްއެވެ.