މުނިފޫހިފިލުވުން

"ޕާގަލްޕަންޓީ" ގެ ކެރެކްޓަރތައް ދައްކާލައިފި


ގިނަ ދުވަސް ތަކެއްގެ އިންތިޒާރުތަކަށްފަހު ނުކުންނަން ތައްޔާރުވަމުން އަންނަ "ޕާގަލް ޕަންޓީ" ކެރެކްޓަރ ޕޯސްޓަރުތައް ދައްކާލައިފިއެވެ.

ހެއްވާ މަޖާ ވާހަތަކެއްގެ މައްޗަށް ބިނާކޮށް ހަދާ މި ފިލްމުގެ ލީޑު ރޯލުން ފެނިގެންދަނީ ޖޯން އަބްރަހަމްއެވެ. ހެއްވާ މަޖާ ކާމީޔާބު ފިލްމުތަކެއް ގެނެސްދީފައިވާ އަނީޒް ބަޒްމީ ޑައިރެކްޓް ކުރާ މި ފިލްމުގެ ލީޑު ރޯލުން ޖޯން އަބްރަހަމް އާއި އެކު ފެނިގެންދާނީ އިލީނާ ޑިކުރޫޒް އެވެ.

މި ފިލްމުގެ ވާހަކަ ބިނާކޮށްފައިވަނީ ރާޖް ކިޝޯރު ( ޖޯން އަބްރަހަމް ) ގެ ނަސީބު އެނާގެ އަތުގައި ހިފާތޯ މަސައްކަތްކުރަމުން ދަނިކޮށް އެނާ ފަދާ ނާކާމިޔާބު އަންހެނެއްކަމަށްވާ ސަންޖަނާ ( އިލީނާ ޑި ކުރޫޒް ) އާއި ދިމާވެ ހިނގާ ހާދިސާތަކެއްގެ މައްޗަށެވެ.

މި ފިލްމްގެ ތަރިންގެ ތެރޭގައި ހެއްވާ މަޖާބައިތަކުން މަޝްހޫރު އަރްޝަދު ވާސީ، ޝަރުރަބް ޝުކްލާ، އަނިލް ކަޕޫރުވެސް ހިމެނެއެވެ. މީގެއިތުރުން ކްރްތީ ކަރްބަންދާއާއި ޕްލކިޓް ސަމްރާތުވެސް މި ފިލްމުގައި މުހިއް،މު ރޯލަތަކުން ފެނިގެންދާނެއެވެ.

މި ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ފިލްމްގެ ކެރެކްޓަރ ތަކުގެ ޕޯސްޓަރތައް އާޢްމުކޮށްފައިވާއިރު އަނިލް ކަޕޫރަށް ދީފއިވަނީ " ވައިފައި ބާއީ" ގެ ނަމުން ނަން ދީފައިވާ ރޯލެކެވެ. އަރްޝަދު ވާސީ " ޖަންކީ" ކިޔާ ރޯލެއް ދީފައިވާއިރު ޝަރުރަބް ޝުކްލާއަށް ފެނިގެންދަނީ " ރާޖާ ސާހަބް " ގެ ގޮތުގައެވެ.

އަނީސް ބަޒްމީގެ ސްކްރީން ޕެލޭއަކަށް އޭނާ ޑައިރެކްޓްކުރާ މި ފިލްމް ސްކްރީންތަކަށް އަންނާނީ އަންނަ މަހުގެ ބާވީސް ވަނަދުވަހުއެވެ. މި ފިލްމްގެ ޕްރޮޑިއުސަރުންނަކީ ބޫޝަން ކުމާރާއި ކުމާރު މަންގަތާއި އަބީޝެކް ޕަތަކްގެ އިތުރުން ކްރިޝަން ކުމާރުއެވެ.

މި ފިލްމްގެ ތަރިންގެ ތެރޭގައި ހެއްވާ މަޖާބައިތަކުން މަޝްހޫރު އަރްޝަދު ވާސީ، ޝަރުރަބް ޝުކްލާ، އަނިލް ކަޕޫރުވެސް ހިމެނެއެވެ. މީގެއިތުރުން ކްރްތީ ކަރްބަންދާއާއި ޕްލކިޓް ސަމްރާތުވެސް މި ފިލްމުގައި މުހިއް،މު ރޯލަތަކުން ފެނިގެންދާނެއެވެ.

މި ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ފިލްމްގެ ކެރެކްޓަރ ތަކުގެ ޕޯސްޓަރތައް އާޢްމުކޮށްފައިވާއިރު އަނިލް ކަޕޫރަށް ދީފއިވަނީ " ވައިފައި ބާއީ" ގެ ނަމުން ނަން ދީފައިވާ ރޯލެކެވެ. އަރްޝަދު ވާސީ " ޖަންކީ" ކިޔާ ރޯލެއް ދީފައިވާއިރު ޝަރުރަބް ޝުކްލާއަށް ފެނިގެންދަނީ " ރާޖާ ސާހަބް " ގެ ގޮތުގައެވެ.

އަނީސް ބަޒްމީގެ ސްކްރީން ޕެލޭއަކަށް އޭނާ ޑައިރެކްޓްކުރާ މި ފިލްމް ސްކްރީންތަކަށް އަންނާނީ އަންނަ މަހުގެ 22 ވަނަދުވަހުއެވެ. މި ފިލްމްގެ ޕްރޮޑިއުސަރުންނަކީ ބޫޝަން ކުމާރާއި ކުމާރު މަންގަތާއި އަބީޝެކް ޕަތަކްގެ އިތުރުން ކްރިޝަން ކުމާރުއެވެ.