އަމީނިއްޔާ ސްކޫލަށް 75އަހަރު ފުރުން ފާހަގަކުރުމަށް ބާއްވާ "ޑައިމަންޑް ޖުބްލީ ޕެރޭޑް" މާދަމާ ހުޅުމާލޭގައި ބާއްވާގޮތަށް ހަމަޖައްސައިފިއެވެ.
މިޕްރޭޑަކީ އެސްކޫލުގެ އިސް ދަރިވަރުންނާއި މިހާރުގެ ދަރިވަރުން ގުޅިގެން ބާއްވާ ޕެރޭޑެކެވެ. މިޕެރޭޑް އޮންނާނީ މާދަމާ ހަވީރު 16:00އިން 18:00އަށެވެ. ޕެރޭޑްގެ ހަރަކާތްތައް ފެށުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ރެހެންދި ސްކޫލުންނެވެ.
މި ޕެރޭޑް ހުޅުމާލޭގެ ބޮޑެތި މަގުތަކުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާއިރު، ފަސް ސަރަޙައްދަކަށް ހުއްޓައި އެކިއެކި ޙަރަކާތްތައް ދައްކާލުން އޮންނާނެއެވެ. އެގޮތުން ސްކޫލްގެ ތާރީޚާގުޅޭ ކަންކަމާއި، ސްކޫލް ބެންޑްގެ ހަރަކާތްތައްވެސް އޮންނާނެއެވެ. މިޙަރަކާތްތައް ހުށައަޅައިދޭނީ ސްކޫލްގެ އިސް ދަރިވަރުންނާއި މިހާރުގެ ދަރިވަރުން އެކުވެގެންނެވެ. ޕެރޭޑުގައި 1500އަށްވުރެ ގިނަ މީހުން ބައިވެރިވުމަށް ހަމަޖެހިފައިވާކަމަށް އަމީނިއްޔާ ސްކޫލުން މަޢުލޫމާތުދެއްވައެވެ.
ޕެރޭޑް ނިންމާލުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ސެންޓްރަލް ޕާކަށެވެ. އަމީނިއްޔާ ސްކޫލްގެ އަހަރީ ދުވަހަކީ ނޮވެމްބަރު މަހުގެ 28ވަނަ ދުވަހެވެ. އަހަރީދުވަހުގެ ޙަރަކާތްތައް މުޅި އަހަރަށް ބަހާލައިގެން ހިންގަން އެ ސްކޫލުންވަނީ ނިންމާފައެވެ. އަހަރީ ދުވަސް ދިމާވަނީ ސްކޫލް ބަންދު ދުވަސްވަރާ ކަމަށްވާތީ، ސްކޫލަށް 75އަހަރު ފުރުމުގެ ރަސްމީ ޖަލްސާ ބެއްވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުއެވެ.
އަމީނިއްޔާ ސްކޫލްގެ އަހަރީ ދުވަހަކީ ނޮވެމްބަރު މަހުގެ 28ވަނަ ދުވަސް ނަމަވެސް އެސްކޫލުންވަނީ މުޅި އަހަރަށް ބަހާލައިގެން އެކިއެކި ހަރަކާތްތައް ހިންގަން ފަށާފައެވެ. އެގޮތުން އިސްދަރިވަރުންގެ ފެއަރއެއް ބޭއްވުމާއި، ފުޓްބޯޅަ މެޗަކާއި މާލޭގައި ޕެރޭޑެއްވެސް ބާއްވާފައިވެއެވެ. އަހަރީ ދުވަސް ދިމާވަނީ ސްކޫލް ބަންދު ދުވަސްވަރާ ކަމަށްވާތީ، ސްކޫލަށް 75އަހަރު ފުރުމުގެ ރަސްމީ ޖަލްސާ ބެއްވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުއެވެ.