ވިޔަފާރި

ފިނޭންސް މިނިސްޓްރީން އެކި ފަރާތްތަކަށް ފައިސާ ޖަމާކުރުމަށްފަހު އެސް.އެމް.އެސްއަކުން އަންގަނީ


ދައުލަތުގެ އެކި އިދާރާތަކުން ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް އެކި ފަރާތްތަކަށް ފައިސާ ދެއްކުމަށް ފޮނުއްވާ ރިކުއެސްޓްތަކަށް ފައިސާ ޖަމާކުރުމަށްފަހު އެފައިސާ ލިބެންވާ ފަރާތަކަށް އެސް.އެމް.އެސްއަކުން އަންގާ ނިޒާމެއް ޤާއިމްކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ފައިސާ ޖަމާކުރަން ފޮނުވާ ފަރާތުގެ އެކައުންޓަށް ޖަމާވުމުން، އެސް،އެމް.އެސް އަދި އީމެއިލް ފޮނުވުމުގެ ނިޒާމެއް ޤާއިމްކޮށްފައިވާއިރު، މި މެސެޖްތައް ފޮނުވަމުންދާނީ އެމިނިސްޓްރީގެ ކޯލް ސެންޓަރ ނަންބަރު 1617 އަދި ފިނޭންސް ޑޮޓް ޖީ.އޯ.ވީ އީއެމްއިލް އެޑްރެސްއިންކަމަށެވެ.

އަދި މިދެންނެވި އެސް.އެމް.އެސް އަދި އީމެއިލް ފޮނުވާނީ ޕަބްލިކް އެކައުންޓިންގ ސިސްޓަމުގައި އީމެއިލް އަދި ފޯނު ނަމްބަރު ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށްކަމަށްވެސް ފިނޭންސް މިނިސްޓްރީން ބުނެއެވެ. އަދި މި މަޢުލޫމާތު ޕަބްލިކް އެކައުންޓިންގ ސިސްޓަމުގައި ރަޖިސްޓްރީ ކުރިއިރު ލިބިފައިނެތް ފަރާތްތަކާއި އަދި ރަޖިސްޓްރީ ކުރެވުނުފަހުން މި މައުލޫމާތު ބަދަލުވެފައިވާ ފަރާތްތަކަށް މިހިދުމަތް ދިނުމުގައި ދަތިތަކެއް ހުރިކަމަށްވެސް ފިނޭންސްއިން ބުނެއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ މި ހިދުމަތް އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ގެންދިއުމަށް، މިނިސްޓްރީގެ ވެންޑާރ މެއިންޓަނަންސް ފޯމުގައިވާ ކޮމިއުނިކޭޝަން ބައި ފުރިހަމަ
ކުރެއްވުމަށްފަހު ސޮއި އަދި ސްޓޭމްޕް ޖެހުމަށްފަހު ފިނޭންސްއަށް އީމެއިލް ކުރެއްވުމަށްވެސް ފިނޭންސްއިން އެދިވަޑައިގަންނަވައެވެ. މީގެ އިތުރުން ވެންޑަރ މެއިންޓެނަންސް ފޯމު އެ މިނިސްޓްރީގެ ވެބް ސައިޓްއިން ޑައުންލޯޑް ކުރެވޭނެކަމަށްވެސް ފިނޭންސް މިނިސްޓްރީން ބުނެއެވެ.