ޚަބަރު

ދީނަށް ފުރައްސާރަ ކުރުމަށްވެސް، ދީނުގެ ނަމުގައި ހައްދުފަހަނައަޅައި ދިއުމަށްވެސް ޖާގައެއް ނުދެވޭނެ - ރައީސް


އިސްލާމް ދީނަށް ގޮންޖަހައި ރަސޫލާއަށް ބަދުބަސް ބުނުމަށާއި އިސްލާމް ދީނުގެ ނަމުގައި ފިތުނަ އުދެއްދުމަށް އެއްވެސް ކަމެއް ކުރުމަށްވެސް ފުރުޞަތެއް ނުދެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

ދ.ހުޅުދެއްޔަށް ވަޑައިގެން ރައްޔިތުންނާއި މުޙާތަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ އިސްލާމް ދީނަށާއި ރަސޫލާއަށް ބަދުބަސް ބުނުމަކީ ޖާގަ ދެވޭނެ ކަމެއް ނޫންކަމަށެވެ.

ރައީސް ވިދާޅުވީ ދިނާ ޚީލާފައި ހިންގާ ޢަމަލުތައް ބަލައި ނުގަންނާނެކަމަށެވެ. އަދި ދީނާއި ޚިލާފައި ކަންކަމަށް ހިތްވަރުދީ އެފަދަ ކަންކަމަށް ބަރުދޭ މީހުން ހޯދާ އެފަރާތްތަކާއި މެދު ސަރުކާރުން ފިޔަވަޅުވެސް އަޅުއްވާނެކަމަށެވެ. މިފަދަ ޢަމަލުތަކަށް ޖާގަަ ނުދެއްވާނެކަމަށް ރައީސް ވަނީ ވިދާޅުވިއެވެ.

"އިސްލާމް ދީނަށް ގޮންޖަހައި، ރަސޫލާއަށް ބަދުބަސް ބުނުމަށް ރާއްޖޭގައި ޖާގައެއް ނުދޭނަން. އަދި އިސްލާމް ދީނުގެ ނަމުގައި ފިތުނަ އުފެއްދުމަށް އެއްވެސް ކަމެއް ކުރުމަށްވެސް ފުރުސަތެއް ނުދެވޭނެ." ރައީސް ވިދާޅުވިއެވެ.

ދާދިފަހުން އަމިއްލަ ޖަމްޢިއްޔާއެއްކަމަށްވާ އެންޑީއެންއިން ނެރުނު ރިޕޯޓެއްގައި ދީނާއި ރަސޫލާއަށް ހަޖޫ ޖަހައި ހިމަނާފައިވާ ލިޔުންތަކަކާއި ގުޅިގެން އެ މައްސަލަ ބެލުމުގެ މަސައްކަތް ސަރުކާރުންވަނީ ފަށާފައެވެ. މިކަން ބަލައި މިކަމުގައި ޝާމިލުވާ އެންމެހާ ފަރާތްތަކާމެދު ފިޔަވަޅު އަޅުއްވާނެކަމަށް ރަޢީސް ޞާލިޙްވަނީ ވިދާޅުވެފައެވެ.